ads
ދަސްވެ ނިމުމުގެ ރަސްމިއްޔާތެއް - ފޮޓޯ: އެޑިޝަން
ހިލޭ ޑިގްރީގައި 10،000 އަށް ވުރެ ގިނަ ދަރިވަރުން، ގިނައީ އަންހެނުން!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 2019 ވަނަ އަހަރު ފެށި ހިލޭ ޑިގްރީ ޕްރޮގްރާމްގައި 10000 ކުއްޖަކަށް މިހާތަނަށް އެ ފުރުސަތު ފަހިކޮށްދީފައިވާއިރު އޭގެ ތެރޭގައި، ގިނައީ އަންހެނުން ކުދިން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ފުރަތަމަ ޑިގްރީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ހަޔާ އެޑިކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ހިލޭ ޑިގްރީގެ ދަށުން ކަޔަވަމުން އަންނަ ދަރިވަރުންގެ  ތެރެއިން 6788 ދަރިވަރުންނަކީ އަންހެން ދަރިވަރުން ކަމަށާއި އެއީ ކިޔަވާ ކުދިންގެ 68 އިންސައްތަ ކަމަށެވެ. އަދި އެ ޕްރޮގްރާމު ދަށުން 3212 ފިރިހެން ދަރިވަރުން ކިޔަވަމުން އަންނައިރު އެއީ 32 އިންސައްތަކަން ފާހަގަކުރެއްވި އެވެ. 

މިނިސްޓަރު ވިދާޅުވީ އުއްމީދު ކުރަނީ ފުރަތަމަ ޑިގްރީ މަރުހަލާގައި އަންހެން ދަރިވަރުންގެ ނިސްބަތް ތައުލީމީ އެހެން ހަރުފަތަކުން ވެސް ފެނިގެން ދިއުން ކަމަށާއި ވަޒީފާގެ މާހާއުލާއި ޑިސިޝަން މޭކިންގެ މަގާމުތަކުގެ އިތުރުން ތައުލީމީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރަށް ފެނިގެން ދިޔުން ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީ ހާސިލްކުރުމަށްޓަކައި ޖުމްލަ 11466 އެޕްލިކޭޝަން ހުށައަޅާފައިވާއިރު އޭގެ ތެރެއިން 10000 ދަރިވަރަކަށް އެ ފުރުސަތު ފަހިކޮށްދީފައިވާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާލުވީ މިވަގުތު 7173 ދަރިވަރަކު އަންނަނީ އެކި ދާއިރާތަކުން ޑިގްރީއަށް ކިޔަވަމުން ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 845 ދަރިވަރަކަށް އެ ފުރުސަތު ފަހިކޮށްދީފައިވާނެކަމަށް ވެސް ވިދާޅުވި އެވެ. 

ހިލޭ ޑިގްރީ ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދާއިރު އެ ޕްރޮގްރާމްގައި މާލެއަށް ވުރެ ގިނައީ އަތޮޅުތެރޭގެ ދަރިވަރުންނެވެ. އެގޮތުން އަތޮޅުތަކުން ޖުމުލަ 8625 ދަރިވަރުން އަންނަނީ މި ޕްރޮގްރާމްގައި ބައިވެރިވެގެން ކިޔަވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް