ads
އެއާޕޯޓެއް--
ދިވެހިންނަށް ރަޝިއާއަށް ދަތުރުކުރެވޭނީ ޑައިރެކްޓް ފްލައިޓްގައި: ފޮރިން މިނިސްޓްރީ
ދިވެހީންނަށް ރަޝިއާއަށް ދަތުރުކުރެވޭނީ ހަމައެކަނި ރާއްޖެއިން ފުރާ އަދި ރާއްޖެއިން ރަޝިއާ އަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓުތަކުގައި އެކަނި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ކޮވީޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރަޝިއާ ސަރުކާރުން ވަނީ އެ ގައުމުގެ ބޯޑަރު ގަވާއިދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި ކަމަށާއި އެހެންކަމުން، ރު ދިވެހީންނަށް ރަޝިއާއަށް ދަތުރުކުރެވޭނީ ހަމައެކަނި ރާއްޖެއިން ފުރާ އަދި ރާއްޖެއިން ރަޝިއާ އަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓްތަކުގައި އެކަނި ކަމަށެވެ.

ރާއްޖެއާއި ރަޝިއާ އާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން 25 ގައި ސޮއިކޮށްފައިވާ "އެގްރީމަންޓް ބިޓްވީން ދަ ގަވަންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަންމަންޓް އޮފް ދަ ރަޝިއަން ފެޑެރޭޝަން އޮން މިއުޗުއަލް އެކްސެމްޕްޝަން އޮފް ވިސާ ރިކުއަމަންޓްސް ފޮ ނޭޝަނަލްސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ފޮ ނޭޝަނަލްސް އޮފް ދަ ރަޝިއަން ފެޑެރޭޝަން" އެގްރީމަންޓަށް 25 ޖުލައި 2019 ގައި ވަނީ އަމަލުކުރަން ފަށާފަ އެވެ. 

އެ އެއްބަސްވުމުގެ ދަށުން، ރަޝިއާއަށް ދަތުރުކުރާ ދިވެހިންނަށް (މަސައްކަތް ކުރުމަށާއި ކިޔެވުމަށާއި ދިރިއުޅުން ބަދަލުކުރުން ފިޔަވައި އެހެން ބޭނުންތަކަށް) 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ އެވެ.

ފޮރިން މިނިސްޓްރީން ވަނީ ރަޝިއާއަށް ދަތުރުކުރާ މީހުން އެކަމުގައި ސަމާލުވާން އެދިފަ އެވެ. އަދި އެ ފިޔަވަޅުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއް ކަމުން ކުރިން މައުލޫމާތު ސާފުކުރުމަށް އެދިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް