ads
ޒަހްރާން ހައިސަމާއި ބައްދަލުވި ދިވެހިން
ޓެރަރިސްޓް ޒަހްރާން ހާޝިމާއި ހަތަރު ދިވެހިން ވަނީ ބައްދަލުކޮއްފާއި: ޝަރަތު ވީރަސެކެރަ
އީސްޓާ ސަންޑޭ ހަމަލާގެ މޭސްތިރި ކަމުގައިވާ ޒަހްރާން ހާޝިމާއި ހަތަރު ދިވެހިން ބައްދަލުކޮށްފައިވާކަމަށް ސްރީލަންކާގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީތަސެކަރަ ވިދާޅުވެއްޖެ އެވެ.

ދިވެހީންތަކެއް ހާޝިމު އާއި އެހެން ބޮން ގޮއްވިކަމުގެ ތުހުމަތު ކުރެވޭ މީހުނާއި ތަފާތު އެކިފަހަރު މަތިން ބައްދަލުކޮށްފައިވާކަމަށާއި މިބައްދަލުވުންތައް ހިނގާފައިވަނީ 2016 އާ 2019 ގެ އޭޕްރީލް މަހާއި ދެމެދު ކަމަށްވެސް ސަރަތު ވަނީ ވިދާޅުވެފައެވެ. 

މި ހަތަރު ދިވެހިންނަކީ ހައްދުފަހަނައަޅާފައިވާ ޓެރެރިސްޓް ޖަމާއަތްތަކާއި ގުޅުންހުރި ބައެއްކަމަށްވެސް ތުހުމަތުކޮށްފައެވެ. އަދި އެމީހުން ހާޝިމާއި ބައްދަލުވެފައިވަނީ އޮސްޓްރޭލިއާގައި ދިރިއުޅޭ ދެ ސްރީލަންކާގެ ރައްޔިތެއްގެ އެހީގައިކަމަށް ސަރަތު ވިދާޅުވިއެވެ. އީސްޓާ ސަންޑޭ ހަމަލާއި ގުޅޭ 11 ޖަމިއްޔާއެއް އުވާލުމުގެ މަސައްކަތް ދަނީކުރެވެމުން ކަމަށާއި ގައުމުގެ ސަލާމަތަށްޓަކައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ސަރަތު ވަނީ ވިދާޅުވެފައެވެ.

ސަރަތު ވަނީ ސްރިލަންކާގެ ގާނޫނު ހަދާ މަޖިލީހަށް އީސްޓާ ސަންޑޭ އާ ގުޅޭ ގޮތުން ހަދާފައިވާ ތަހުގީގު ރިޕޯޓެއް ހުށަހަޅާފައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް