އެ ގައުމުތަކުން ވެކްސިން ސަސްޕެންޑު ކުރީ ވެކްސިން ޖެހުމަށްފަހު ބައެއް މީހުންގެ ލޭގެ ނާރުތައް ބެދޭ ފަދަ ކަންކަން ދިމާތީކަމަށް ބުނެއެވެ.
މިގޮތުން އެންމެފުރަތަމަ މިކަން އިއުލަނު ކުރީ ޑެންމާކުންނެވެ. އެގޮތުން ލޭ ނާރު ބެދުމުގެ "ސީރިއަސް މައްސަލަތަކެއް" ދިމާވާކަަމަށް ބުނެފައިވެއެވެ.
މިހާތަނަށް ޖުމްލަ 22 މީހަކަށް މިހާތަނަށް މި މައްސަލަ ޔޫރަޕުން ދިމާވެގެން ރިޕޯޓު ކޮށްފައިވެއެވެ.
މީގެ އިތުރުންވެސް ޔޫރަޕުގެ ބައެއް ގައުމުތަކުން އަންނަނީ އެ ވެކްސިންސް ސަސްޕެންޑު ކުރުމަށް ވާހަކަ ދައްކަމުންނެވެ.