ads
ސޯސަން ވިލާ - ޓުވީޓް ފޮޓޯ
އެސްއެސްސީ މޮކް އެގްޒާމް ސޯސަންވިލާގެ ދަރިވަރުންނަށް ފަށައިފި
އެސްއެސްސީ މޮކް އެގްޒާމް ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ފަށައިފި އެވެ.

މިއިމްތިހާނުގައި ސޯސަންވިލާގައި ތައުލީމް ހާސިލް ކުރަމުން އަންނަ 14 ދަރިވަރެއްގެ އިތުރުން އަމިއްލަ ގޮތުންވެސް ހަތް ދަރިވަރަކު ވަނީ ބައިވެރިވެފަ އެވެ.

މިމަހުގެ 11 ވަނަ ދުވަހު ފެށި އެސްއެސްސީ އިމްތިހާނުގެ އިސްލާމް މާއްދާގެ ދެ ޕޭޕަރު މިހާރު ނިމިފައިވާއިރު މި މަހުގެ 14 ވަނަ ދުވަހު މި ދަރިވަރުނަށް ދިވެހި ޓެސްޓް އޮންނާނެ އެވެ.

މެއި މަހު އޮންނަ އެސްއެސްސީ އިމްތިހާނަށް ސޯސަންވިލާގެ ދަރިވަރުންތައް އަންނަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. މިގޮތުން އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ދަރިވަރުންނަށް އިތުރު ކްލާސްތަކެއް ވެސް އަންނަނީ ނަގައިދެމުންނެވެ. 

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ސޯސަންވިލާގައި އަންނަނީ ދިވެހި، އިސްލާމް، ގުރުއާން ކިޔަވައި ދެމުންދެއެވެ. މީގެ އިތުރަށް ނާސަރީން ފެށިގެން ގްރޭޑް ދިހައަކަށް ސޯސަންވިލާގައި ކިޔަވައިދޭއިރު އެ ތަނުގައި ކިޔަވައިދެނީ ވެސް ރާއްޖޭގެ ޓީޗަރުނުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް