ދަރުމަވަންތަ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗުން އެކްސްގައި ބުނި ގޮތުގައި މި އެމްއޯޔޫއަކީ ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއާގެ ހިދުމަތް ރަނގަޅުކުރަން އެޅޭ މުހިއްމު ފިޔަވަޅު އެކެވެ.
އައިޖީއެމްއެޗުން ބުނީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރުވަން އެއްބާރުލުން ދިނުމުގެ ކަންކަން ވެސް މި އެމްއޯޔޫގައި ހިމެނޭ ކަމަށެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާއިން ތަމްރީނުވާ ފަރާތްތަކަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވެ އެވެ.
ޗައިނާގެ ހޮސްޕިޓަލަކާ އެކު ކުޑަކުދިންގެ ސާޖިކަލް ކެއާގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު ވިލިމާލޭގައި އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލު ހަދަނީ ވެސް ޗައިނާގެ ހިލޭ އެހީގަ އެވެ.