ads
ޖެމްކިއު އެޕްގެ ސްކީރީން ޝޮޓެއް
ޖެމްކިޔު ސްކީމް ހުއްޓާލައިފި، ގިނަބަޔަކަށް ގެއްލުން ވާނެ ކަމަށް ބެލެވޭ!
ދިވެހިން އެތައް މިލިއަނަކުން އިންވެސްޓް ކުރި ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ)ން ފައިސާ ނެގޭނެ ގޮތެއް ނެތިފައި ވަނިކޮށް އެ ސްކީމް ހުއްޓައިލައިފި އެވެ.
Advertisement

މި ކަން ހާމަ ކުރީ މި ސްކީމް ހިންގުމަށް ބޭނުންކުރާ ރަސްމީ ޓެލެގްރާމް އެކައުންޓުގައި އެވެ. މި އެކައުންޓުގައި އެޑްމިން އެއް ކޮށްފައިވާ މެސެޖެއްގައި ވަނީ، ޖީއެމްސީއީގެ މާކެޓިން ޑިޕާޓްމަންޓުގެ ފަރާތުން ޖަވާބެއް ނުލިބޭތީ މި ސްކީމާ މެދު އުންމީދު ގެއްލިފައި ވާކަމަށެވެ.

އެހެންވެ "ކުއަންޓްޕޭން" ގެ ނަމުގައި އާ ސްކީމެއް ފަށައި އެ އަށް އިންވެސްޓް ކުރުމަށް ލިންކެއް ވެސް ވަނީ ޓެލެގްރާމް ގުރޫޕަށް ދޫކޮށްލައިފަ އެވެ އެވެ. އެކަމަކު އެ ސްކީމު ފަށާފައި ވަނީ ޖެމްކިޔު ހިންގުމުގައި އުޅުނު މީހުން ކަމެއް އަދި ސާފެއް ނޫނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސްކީމަށް އިންވެސްޓް ކުރި ފައިސާ ދެން ނުނެގޭނެ އެވެ.

ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނެފައިވާ ޖެމްކިއުއަށް ފައިސާ އަޅައިގެން ތިބި ގިނަ އަދަދެއްގެ މީހުން ވަނީ އެ ސްކީމުން ފައިސާ ނުނެގޭ މައްސަލައިގައި ވޭތުވެ ދިޔަ ދެތިން ދުވަހު ކަންބޮޑުވުން ފާޅުކޮށްފައެވެ. މިދިޔަ އަންގާރަ ދުވަހުގެ ރެއިން ފެށިގެން އެ ސްކީމުން ފައިސާ ނުނެގޭ ގޮތް ވަނީ ހަދައިފައެވެ.

ޖެމްކިޔު ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށާއި އެ ސްކީމުގައި ބައިވެރިނުވާ ފުލުހުން ވަނީ އަންގާފައެވެ. އަދި އެ ސްކީމަށް ވަނުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ އެވެ.  

"ޑިޕޮސިޓް ކުރެވޭ، ވިތުޑްރޯ ނުކުރެވޭ" ކަމަށް ބުނެ އެ ގްރޫޕުގައި މީހުން އަންނަނީ ރުޅިވެރިކަން ބާލަމުންނެވެ. އަދި ގްރޫޕުގެ އެޑްމިނުންގެ ގޮތުގައި ތިބި މީހުންނަށް މެސެޖު ނުކުރެވޭކަމުގެ ކަންބޮޑުވުން ވެސް އިންވެސްޓްކުރި މީހުން އަންނަނީ ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް