ads
ފޮޓޯ: އެމްޑީޕީ
"މިދިޔަ ހަތް އަހަރު ގޯސްވީ އެމްޑީޕީ ވެރިކަމުގައި ނެތުމުން"
މިދިޔަ ހަތް އަހަރު ރާއްޖޭގެ ހާލަތު ގޯސްވީ، އެހެން މީހަކު ވެރިކަމުގައި ހުންނަވައިގެން ނޫން ކަމަށާއި އެމްޑީޕީ ވެރިކަމުގައި ނެތުމުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހުޅުމާލޭ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ، ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވީ، އެމްޑީޕީގެ ފިކުރާއި ވިސްނުން، ނެތުމުން ކަމަށެވެ. 

ނަޝީދު ވިދާޅުވީ ދެން މިރާއްޖޭ އެމްޑީޕީގެ ފިކުރާއި ވިސްނުމުގައި ނޫން ގޮތަކަށް ކުރިއަށް ނުދާނެ ކަމަށެވެ. އެގޮތުން މިވަގުތު ވާދަވެރިން ހުށަހަޅަމުން އަންނަނީ ވެސް ހަމަ އެއް ހުށަހެޅުމެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ވާދަވެރިޔާ ވެސް ހުށަހެޅުން ހުށަހަޅަމުން ދަނީ އެމްޑީޕީގެ ވިސްނުމުގެ ތެރެއިން ކަަމަށެވެ. 

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމުގައި ކައުންސިލްތައް އިންތިހާބުކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށާއި އެގޮތުން ރައްޔިތުންނަށް އެ ހަގީގަތް ނޯޅޭނެ ކަމަށެވެ. 

އަދި ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތައް ގުޅިފައި ވަނީ ވެސް އެމްޑީޕީން ހުށަހަޅަމުން އަންނަ ހުށަހެޅުންތަކުގެ ފަލްސަފާއަށް ކަމަށް ވިދާޅުވި އެވެ. އެމްޑީޕީ ނެތް ކޮންމެ ފަހަރަކު ބިމާއި ކޮންޓްރެކްޓް އަދި ފްލެޓް ތާށިވުން ފަދަ ބޭއިންސާފުން ހައްދު ފަހަނައަޅާއި، އަދި އަނިޔާވެރިކަން އިންތިޙާއަށް ފެންނަ ކަމަށް ވިދާޅުވި އެވެ. 

އެހެންކަމުން، އެމްޑީޕީގެ ކައުންސިލްތަކެއް އޮތުމަކީ ރައްޔިތުންނަށް ވަރަށް މުހިއްމުކަމެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް