ހުޝީ އެނާގެ ރަހުމަތްތެރިއަކަށް ބައްދަލުކުރުމަށް އެމެރިކާގެ ލޮސް އެންޖަލީސްގައި މިވަގުތު ހުރިއިރު އޭނާ ވަނީ އިންސްޓަގްރާމަށް ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ.
ހުޝީ ކަޕޫރް
އެ ފޮޓޯގައި ހުޝީ ހޮޓް ޕިންކު ކުލައިގެ ސުވެޓާއެއް ލައިގެން އޮތް މަންޒަރު ފެންނައިރު އޭނާގެ ރީތިކަން ވަރަށް ފުރިހަމައަށް ހާމަވެ އެވެ. ހުޝީގެ އެ ފޮޓޯއަށް އޭނާގެ އެންމެ ގާތް އެކުވެރިޔާ އާލިޔާ 'ސްޓަނިން' ކަމަށް ބުނިއިރު ދައްތަ ޖާންވީ ވަނީ އެ ސުވެޓާ ވަގަށް ނަގަން އޭނާ ކެތްމަދުވެފައި ހުރި ކަމަށް ބުނެފަ އެވެ.
ޖާންވީގެ ކޮމެންޓު
ހުޝީ އޭނާގެ ބެސްޓް ފްރެންޑް އާލިޔާއާ އެކުގައި ލޮސް އެންޖަލިސްގައި ޗުއްޓީ ހޭދަކުރަމުން ދާއިރު އޭނާގެ ދައްތަ ޖާންވީ އަންނަނީ އޭނާ އޭނާގެ ކުރިއަށް އޮތް ފިލްމު، 'ރޫހީ" ގެ ފްރޮމޯޝަންގައި އަވަދިނެތި އުޅެމުންނެވެ.