ads
ކޮވިޑް 19:-
ކޮވިޑްގެ ހާލަތު ގޯސްވެ އިންޑިއާގެ ސިޓީއެއް ލޮކްޑައުން ކުރަނީ
ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން އިންޑިއާގެ ސިޓީއެއް ލޮކްޑައުން ކުރަން ނިންމައިފި އެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ އިންޑިއާގެ މަހާރަސްތަރާ ސްޓޭޓްގެ ނަގްޕޫރު ސިޓީއެވެ.

އިންޑިއާގެ ސަރުކާރުން ވަނީ ނަގްޕޫރްގެ އިތުރުން އެ ސަރަހައްދާ ގުޅޭ އެހެން ސަރަހައްދުތައް ވެސް ލޮކްޑައުން ކުރާނެކަން ހާމަކޮށްފައެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުން ދިއުމަށްފަހު އަނެއްކާވެސް ވަނީ ބައެއް ސަރަހައްދުތަކުން އިތުރު ކޭސްތައް ފެނި ނުރައްކާ ބޮޑުވާން ފަށާފަ އެވެ.

އެގައުމުގެ ސިއްހީ އޮފިޝަލުން ވެސް ވަނީ ކޮވިޑްގެ އިތުރު ވޭރިއަންޓްތައް ފެންނަން ފަށާފައިވާ ކަމަށް ބުނެ، ހާލަތު ގޯސްވާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ދުނިޔެއިން ކޮވިޑުގެ ހާލަތު ދެވަނައަށް އެންމެ ގޯސްވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކާ އިންޑިއާއިން މިހާތަނަށް 11 މިލިއަނަށްވުރެ ގިނަ ކޭސް ފެނިފައިވާއިރު 158،000 އަށްވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް