ads
ގައުމީ ޓީމުގެ ޕްރެކްޓިހުގައި އަޝްފާގު އަދި ދާދު
ރާއްޖޭގެ ހޯމް މެޗުތައް އަނެއްކާވެސް ޗައިނާއަށް
ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖޭގެ ހޯމް މެޗުތައް އަނެއްކާވެސް ޗައިނާގައި ކުޅޭ ގޮތަށް ހަމަ ޖައްސައިފި އެވެ. މީގެ ކުރިންވެސް ރާއްޖޭގެ ހޯމް މެޗެއް ޗައިނާއާ ދެކޮޅަށް ޗައިނާގައި ކުޅެފައިވެ އެވެ.
Advertisement

ރާއްޖޭގެ ހޯމް މެޗުތައް ވެސް ހިމެނޭ ގޮތަށް ގްރޫޕުގައި ބާކީ ހުރި މެޗުތައް ޗައިނާގައި ކުޅޭން އޭއެފްސީން ހަމަޖެއްސީ، ކޮވިޑާ ގުޅިގެން ދެ ފަހަރެއްގެ މަތިން މެޗުތައް ފަސް ކުރުމަށް ފަހު، އެންމެ ފަހުން ސެންޓްރްލައިޒްޑް ވެނިއުއެއްގައި ބާކީ މެޗުތައް ކުޅެން ނިންމުމުންނެވެ. 

މި ނިންމުމާ އެކު ރާއްޖެ ގްރޫޕްގެ ބާކީ އަށް މެޗު ކުޅޭނީ ޗައިނާގަ އެވެ. ރާއްޖެ ގްރޫޕްގައި ރާއްޖެއާ ޗައިނާއާ އެކު ދެން ހިމެނެނީ ސީރިއާ، ގުއާމް އަދި ފިލިޕީންސް އެވެ.

ޗައިނާގައި ރާއްޖޭގެ މެޗުތައް ކުޅެން ހަމަޖެއްސުމުގެ މާނައަކީ، ރާއްޖެއަށް ދެން މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ އެއްވެސް މެޗެއް ރާއްޖޭގައި ނުކުޅެވުމެވެ. ގްރޫޕުގެ ބާކީ މެޗުތަކާ އެކު ރާއްޖެއަށް ކޮލިފައިންގައި ކުރިއަށް ދިޔުމަށް މިހާރުވެސް ފުރުސަތު ހަނިވެފައިވާއިރު، ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް