
މި ނިންމުމަކީ ރާއްޖެއިން އެދުމުން އިންޑިއާއިން ނިންމި ނިންމުމެއްކަމަށް އިންޑިއާ ސަރުކާރުން ހޯމަ ދުވަހު ހާމަކޮށްފައިވެއެވެ. ރާއްޖޭގެ މާލީ އޮނިގަނޑުގައި މުހިންމު ދައުރެއް އަދާކުރާ ޓްރެޜަރީ ބިލް ރޯލްއޯވަރ ކުރުމުން ރާއްޖޭގެ އިގްތިސާދީ ރިކަވަރީއަށާއި ތަރައްގީގެ މަޝްރޫއުތަކަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.
ރާއްޖެއަށް ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ އިގްތިސާދީ ހީނަރުކަމާއި އެހެނިހެން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އިންޑިއާގެ މި މާލީ އެހީތެރިކަމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެވެ.
މި ނިންމުމަކީ އިންޑިއާއިން ރާއްޖެއަށް ކުރިންވެސް ދެމުން އައި އިގްތިސާދީ އަދި ތަރައްގީގެ އެހީތެރިކަމުގެ ދަށުން އަންނަ އިތުރު ފިޔަވަޅެކެވެ. މީގެ ކުރިން ވެސް އެތައްފަހަރަކު އިންޑިއާއިން ރާއްޖޭގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށާއި ބަޖެޓަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.