ads
މޯލްޑިވިއަން--
މުމްބާއީ އިން މާފަރަށް ޑައިރެކްޓް ފްލައިޓް ފަށަނީ
އިންޑިއާގެ މުމްބާއީ އިން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިރެކްޓް ފްލައިޓް ފަށަން ތައްޔާރުވެއްޖެ އެވެ.
Advertisement

މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މުމްބާއީ އިން މާފަރަށް ޑައިރެކްޓް ފްލައިޓްތައް ފަށަން ތައްޔާރުވަމުން އަންނައިރު ފުރަތަމަ ފްލައިޓް އޭޕްރީލް 13 ވަނަ ދުވަހު ޖައްސާނެ ކަމަށެވެ. 

އެކަމުގެ ހުރިހާ ތައްޔާރީތަކެއްވުމުގެ ގޮތުން މޯލްޑިވިއަންގެ ޓީމުން ވަނީ އެ ސަރަހައްދުގެ ރިސޯޓުތަކާއި އެތަނާއި ކައިރީ ރަަށްރަށުގެ ގެސްޓްހައުސްތަކުގެ އިތުރުން އިންޑިއާގެ ޓުއާ ގައިޑުންނާއެކު ވެސް މަސައްކަތްކޮށްފައިކަން އެމްޑީ ފާހަގަކުރެއްވި އެވެ. 

އެގޮތުން މި ދަތުރުތައް ފަށާއިރު ހަފްތާއަކު ތިން ފްލައިޓް މުމްބާއީ އިން މާފަރަށް ބާއްވާނެކަމަށް ވިދާޅުވި އެވެ. އަދި އިންޑިއާގެ އިތުރު އެހެން ސިޓީއަކުން ވެސް ރާއްޖެއަށް ވަރަށް އަވަހަށް ދަތުރު ފެށޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑު އުއްމީދުކުރަނީ އެ ސަރަހައްދުގެ ރިސޯޓުތަކާއި ހުރިހާ ގެސްޓްހައުސްތަކުން ފުރިހަމައަށް ބޭނުންކުރާނެ ކަމަށް. މިހާތަނަށް އަޅުގަނޑުމެންނަށް ވަނީ ރަނގަޅު ތަރުހީބެއް ލިބިފައި،"

އޭގެ އިތުރުން އެމްޑީ ވިދާޅުވީ، މާފަރު ހިމެނޭ ސަރަހައްދު، ނ. ރ. އަދި ބ. ގެ އިތުރުން ޅ. އަތޮޅުގައި 2000 ޓޫރިސްޓް އެނދުވާއިރު މުމްބާއީ އިން މާފަރަށް ޑައިރެކްޓް ފްލައިޓްތައް ފެށުމުން އޭގެ މަންފާ އެ ސަރަހައްދުގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ވެސް ކުރާނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ ރައްޔިތުން މި ދަތުރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. 

އެމްޑީ ވިދާޅުވީ މާލޭ ސަރަހައްދާއި މާލޭ ކައިރީގެ ގެސްޓްހައުސްތަކަށް ވެސް ބައިގަޑިއިރާއި ދެ ގަޑިއިރާ ދެމެދު ލޯންޗެއްގައި ދެވޭ ކަމަށެވެ. އަދި މާފަރަށް ސީދާ ފްލައިޓްތައް ފެށުމާއެކު އެ ސަރަހައްދުގެ ހަތަރު އަތޮޅަށް އެންމެ ގިނަވެގެން ވެސް ގަޑިއިރެއްގެ ތެރޭގައި ސްޕީޑް ބޯޓުގައި ދެވޭނެ ކަމަށެވެ. އެހެންކަމުން، ގެސްޓްހައުސްތަކުން ފުރުސަތުގެ ބޭނުން ހިފުމަށް އެދިވަޑައިގަތެވެ. 

މާފަރަކީ ބައިނަލްއަގްވާމީ ފްލައިޓްތައް ޖައްސާ އެއާޕޯޓެއް ނަމަވެސް މިވަގުތު އެތަނަށް ޖައްސަމުން އަންނަނީ ޖެޓް ކަމަށާއި އެގޮތުން މިއަދާއި ހަމައަށް 211 ޖެޓް ޖައްސާފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މާފަރު ހިމެނޭ ސަރަހައްދަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތައް ވެސް ހުރި ސަރަހައްދުކަން ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;