ads
ތ. ވިލުފުށި--
ވިލުފުށީގައި އެއާޕޯޓް އަޅަން ހަ ފަރާތަކުން ޝައުގުވެރިވެއްޖެ
ތ. ވިލުފުށީގައި އަޅަން ނިންމާފައިވާ އެއާޕޯޓް، ތަރައްގީކުރުމަށް ހަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުގެ ކައުންސިލްތަކާއެކު ބޭއްވި އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވިލުފުށީގައި އެއާޕޯޓެއް އަޅަން ނިންމާފައިވާއިރު އެ މަސައްކަތްކުރަން ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އަދި އެ ފަރާތްތައް މިހާރު ޝޯޓްލިސްޓްކޮށްފައިވާ ކަމަށެވެ. 

މި ސަރުކާރުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ފުރައިގެން 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި އެއާޕޯޓް ތަރައްގީކުރުމެވެ. އެ ސިޔާސަަތުގެ ދަށުން ވިލުފުށީގައި ވެސް އެއާޕޯޓް އަޅަން ނިންމާފައިވާއިރު މިހާރު ތ. އަތޮޅުގައި އެއާޕޯޓެއް އޮންނަނީ ތިމަރަފުށީގަ އެވެެ.

މި އަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގައި އެއާޕޯޓް ހެދުމަށް ގަސްދުކުރާކަން މީގެ ކުރިން ރައީސް ވަނީ ހާމަކުރައްވާފަ އެވެ. އޭގެ ތެރޭގައި މ. މުލީގައި އެއާޕޯޓެއް އެޅުމާއި ހދ. މަކުނުދުއާއި، ށ. ބިލެތްފަހި އަދި ބ. ތުޅާދުއާއި އެއާޕޯޓް އެޅުން ހިމެނެ އެވެ. މިފަހުން ވަނީ މުލީގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. 

އޭގެ އިތުރުން ވެސް މިފަހުން ރައީސް ވަނީ ރ، އަތޮޅުގައި ވެސް އިތުރު އެއާޕޯޓެއް އަޅަން ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ. އެކަމަކު އަޅާނެ ވަކި ރަށެއް އަދި ކަނޑައެއް ނާޅަ އެވެ. 





100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް