ads
މޯލްޑިިވްސް ފްލޯޓިންފް ސިޓީ ލޯންޗުކުރަން ބޭއްވި ހަފްލާގެ ތެރެއިން ---
ފްލޯޓިންގް ސިޓީ ޕްރޮޖެކްޓި ލޯންޗުކޮށްފި!
މޯލްޑިވްސް ފްލޯޓިންގް ސިޓީ ޕްރޮޖެކްޓު ރަސްމީކޮށް ލޯންޗު ކޮށްފި އެވެ.

އެކަމަށް ހާއްސަކޮށްގެން ޓުއަރިޒަމް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި "މޯލްޑިވްސް ފްލޯޓިންގް ސިޓީ ޕްރޮޖެކްޓު" ލޯންޗު ކޮށްދެއްވީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ޑަޗް ޑޮކްލޭންޑުގެ ސީއީއޯ ޕައުލް ވޭން ޑި ކޭމްޕް އަދި ޕްރޮޖެކްޓް ކޮންސަލްޓަންޓް ރިޔާޒްގެ އިތުރުން ބައެއް މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ޓުއަރިޒަމް މިނިސްތްރީން މައުލޫމާތު ދެއެވެ.

މިއީ ހޮލެންޑު ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލޭންޑުން ރާއްޖޭގައި ހިންގަން އުޅޭ މި ޕްރޮޖެކްޓު ލޯންޗު ކުރި ދެވަނަ ފަހަރެވެ.

އެގޮތުން މީގެ ކުރިން، ރައީސް ނަޝީދުގެ ސަރުކާރުގައި، 2010 ވަނަ އަހަރުގެ ތެރޭ ވަނީ މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. ނަމަވެސް އޭގެ ފަހުން މަޝްރޫއު ހުއްޓުމަކަށް އައިސް، އެއަށް ވީގޮތެއް ނޭނގެއެވެ.

އޭގެ ފަހުން މި ޕްރޮޖެކްޓު އަލުން ކުރިއަށް ގެންދިއުމަށް، ދެވަނަ ފަހަރަކަށް މިޕްރޮޖެކްޓުގެ މަސައްކަތަށް ސޮއި ކުރީ 2019 ވަނަ އަހަރު އެވެ. 

މިޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ޑަޗް ޑޮކްލޭންޑަށް ސަރުކާރުން އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއް ވަނީ ދީފައެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން އަޅާ މޯލްޑިވްސް ފްލޯޓިންގް ސިޓީގައި 5000 އަށް ވުރެ ގިނަ ތަން ތަރައްގީ ކުރުމަށް ވަނީ ހަމަޖައްސާފައެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް