ads
ފޮޓޯ: އެމްޑީޕީ
އެމްޑީޕީ، ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާ ކޮށްފި!
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ތިން ޕާޓީވެސް ޖޫރިމަނާ ކޮށްފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވެފައިވާތީ އެވެ. 

ނަަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

މި ތިން ޕާޓީ ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ކަށަވަރު ކޮށްދީފައިވަނީ، ފުލުހުން މީޑިއާއަށް މައުލޫމާތުދޭ ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އެގޮތުން ނޫސްވެރިއަކު ވަނީ އެމްޑީޕީ 5000 ރުފިޔާއިން ޖޫރިމަނާ ކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ސުވާލު ކޮށްފައެވެ. މި ކަމަށް ފުލުހުން ވަކި ޖަވާބެއް ނުދިން ނަމަވެސް، އެމްޑީޕީ، ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާ ކުރިކަން ފުލުހުން ކަށަވަރު ކޮށްދީފައި ވެއެވެ.

މި ތިން ޕާޓީވެސް ޖޫރިމަނާ ކޮށްފައިވަނީ އެޗްޕީއޭގެ ކޮން ގައިޑުލައިނުތަކަކާއި ހިލާފުވެގެން ކަމެއް ފުލުހުން ސާފެއް ނުކޮށްދެއެވެ. 

ކޮވިޑް 19 އާއި ގުޅިގެން ފިޔަވަޅުތައް ވަރުގަދަ ކޮށް، އެޗްޕީއޭއިން ފަސް މީހުނަށް ވުރެ ގިނަ މީހުން މާލެ ސަރަހައްދުގައި އެއްވެ އުޅުން މަނާ ކުރި ފަހުން މި ތިން ޕާޓީންވެސް ވަނީ މި ގަވައިދާ ހިލާފުވާ ގޮތަށް، އެކި ޕާޓީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް