
ދައުރުވަމުންދަނީ ހަގީގަތާއި ހިލާފު ލިޔެކިޔުމެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި މަސްލަހަތު ގެއްލޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް ވެސް އެމްއެންޑީއެފުން އެދުނެވެ.
އެކަމާއި ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވިޔަފާރީގެ ކަމެއްގައި ނުވަތަ އަސްކަރީ ކަމެއްގައި ވެސް ދޭދޭގައުމު ތަކުގެ މެދުގައި ކުރެވޭ އެއްބަސްވުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހިމެނިދާނެކަމަށްވާނަމަ އެ ހާމަކުރުމަކީ ގާނޫނު އަސާސީ ދަންނަ ނަމަ ޑިމޮކްރަސީގެ އުސޫލުގެ މަތިން އެއްބަސްވުން ހާމަކުރުމަކުން މަސްލަޙަތެއް ނުގެއްލޭނެ ކަމަށެވެ.
އުތުރުތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ ލިޔެކިޔުންތަކެއް ލީކުކޮށްލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
އެ ބުނާ އެއްބަސްވުމުގައިވާ ގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި 30 އަހަރު ވަންދެން ބޭތިއްބުން މަޖުބޫރުއިރު 30 އަހަރަށްފަހު އަދި އިތުރު 30 އަހަރު ރާއްޖޭގައި ތިބެން ބޭނުންނަމަ އެފުރުސަތު ވެސް އެއްބަސްވުމުން އިންޑިއާ ސިފައިންނަށް ފަހިކޮށްދޭ ކަމަށްވެ އެވެ.
ނަމަވެސް އެ ލިޔެކިޔުންތަކަކީ ހަގީގަތާ ހިލާފު ދޮގު ލިޔެކިޔުންތަކެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.