އުމުރުން 15 އަހަރުގައި ފިލައިގެން ދިޔަ ޝަމީމާ އެނބުރި ގައުމަށް ގެންގޮސްދިނުމަށް އެދި އެނާ މިއަދު ވަނީ އާދޭސް ކޮށްފައެވެ.
ޝަމީމާ މިގޮތައްއެދި މިކަންކަން ހާމަކޮށްފައިވަނީ އޭނާއާއި ގުޅޭގޮތުން މިއަދު އާންމުކުރި ޑޮކިއުމަންޓަރީއެއްގައި ދިން އިންޓަވިއުއެއްގައެވެ.
ޝަމީމާ މިހެން ބުނެފައިވާއިރު، އެނާ ބުނެފައިވަނީ އޭނާ އައިއެސްއާއި ގުޅިގެން މޫނު ބުރުގާ އެޅިނަމަވެސް، މިހާރު ހެދުންލަނީ ވެސް ހުޅަނގުގެ ގޮތައްކަމަށެވެ.
އެގޮތުން އޭނާވަނީ މޫނުބުރުގާއާއި ބުރުގާ ނަގައި، ޓޮޕަކާއި ޖީންސެއްލާފައި ހުންނަ ފޮޓޯއެއް ވެސް އާންމުކޮށްފައެވެ.
ޝަމީމާއަށް އެނބުރި އެގައުމަށް ނާދެވޭނެކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމީ މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅުއެވެ.