ads
ތްރިޝަލާ އާއި އޭނާގެ ލޯބިވެރިޔާ--
ލޯބިވެރިޔާ މަރުވި ގޮތާ ގުޅިގެން ސުވާލުކުރުމުން ތްރިޝަލާ ހިތުގައި ޖެހިއްޖެ
ސަންޖޭ ދަތުގެ އަންހެން ދަރިފުޅު، ތްރިޝަލާ، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުން މީހާ މަރުވުމުން އެހާ ބޮޑަށް އެ ވާހަކަ ދައްކާފައެއް ނުވެ އެވެ. ސޯޝަލް މީޑިއާގައި ތްރިޝަލާ ފޮލޯކުރަމުން އައި މީހަކު ވަނީ އަންގާރަ ދުވަހު އެކަމާއި ގުޅިގެން ސުވާލެއް ކޮށްފަ އެވެ.

އެގޮތުން އެ ސުވާލުކުރަމުން މައާފަށް އެދެމުން އޭނާ ވަނީ ލޯބިވެރިޔާ މަރުވީ ކިހިނެއްކަން މިހާތަނަށް ހާމަކޮށްފައި ނުވަނީ ކީއްވެތޯ އެވެ. އެކަމަކު އެ ސުވާލަށް ޖަވާބުދޭން ތްރިޝަލާ ހުރީ މޫޑުގައެއް ނޫނެވެ.

އޭނާ ވަނީ މީހުންނަށް "ސޯޝަލް ސްކިލް" ދަސްކޮށްދޭން ވަރަށް ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އިންސާނުން، މީހުން މަރުވުމުން އެމީހަކު މަރުވީ ކިހިނެއްތޯ ސާފުކުރަން ބޭނުންވާ ކަމަށާއި އެއީ އެމީހަކާއި ބެހެވޭ ކަމެއް ނޫނަސް އެގޮތަށް ކަން ހިނގާ ކަމަށް ތްރިޝަލާ ބުންޏެވެ. 

ތްރިޝަލާ ވަނީ މީހަކު މަރުވުމުން، އެމީހެއްގެ ގާތް މީހުން ކައިރީ އަހައިގެން އެމީހުން މަރުވި ސަބަބު ހޯދަން އުޅުމަކީ ރީތި ގޮތެއް ވެސް ނޫން ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން އަމިއްލަ ނަފްސަށް ސުވާލުކުރުމަށް ވެސް އެދުނެވެ. އެއީ އެސުވާލު އެހުމުގެ ބޭނުމަކީ ކޮބާތޯ އާއި އެކަން އެނގުމުން އެހީތެރިކަމެއް ދެވޭނެތޯ މިއީ ކުރެވިދާނެ ސުވާލެއް ކަމަށް ބުންޏެވެ. އަދި އެ ސުވާލުތައް ކުރިމަތިކުރުމުގެ ފައިދާއެއް ނޯންނާނެކަން ފާހަގަކުރަމުން، އޭނާ ބުނީ އެކަމުން ހިތްހަމަޖެހުމެއް އަދި މަރުވި މީހާ ވެސް އަނބުރާ ނުގެނެވޭނެ ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް