ads
ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ--
ކޮވިޑްއާ ގުޅިގެން އެޅި ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމާލައިފި
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް އެޗްޕީއޭއިން ދަންމާލައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް އިއްޔެ ނެރުނު ބަޔާނުގައި ބުނީ، މިއަދުން ފެށިގެން އިތުރު ހަތް ދުވަހަށް އެ ފިޔަވަޅުތައް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ. 

ހަތް ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާ ފިޔަވަޅުތަކަކީ ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުނިކުތުން، އެއް ފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާންމުތަންތަނަށް އެއްވެއުޅުން، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ބަންދުކުރުން، ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކް ބަންދުކުރުން، ޕާކްތަކާއި މައިޒާންތައް ބަންދުކުރުން، ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިޔުން ހުއްޓާލުމުގެ އިތުރުން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު އަދި ކަސްރަތު ހަރަކާތްތައް ހުއްޓާލުމެވެ.

މީގެ އިތުރުން ވެސް އިތުރުން  ވެސް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަކީ ވަކި ގޮތެއް އަންގަންދެން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެކެވެ. 

އެގޮތުން ހާއްސަ ހުއްދައިގެ ދަށުން މާލެ ސިޓީޏް ރަށްރަށަށް ދާ މީހުން، 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ކޮވިޑް ޓެސްޓު އޮތުމާއި ޕްރީ ސްކޫލާއި ނާސަރީ ގްރޭޑްތަކުގައި ކިޔަވައިދިނުން ހުއްޓާލުމެވެ.

ކޮވިޑްގައި އެއްފަހަރާ ޕޮޒިޓިވްވާ މީހުން އަދަދު ގިނަަ ވުމާއެކު ބަލި ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އިއްޔެ މާލެ ސަރަހައްދުން  112 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރުގައި އަތޮޅު ތެރެއިން 11 މީހަކާއި ރިސޯޓު ތަކުން 19 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 142 ކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް