ads
ކުރީގެ ގައްދޫ ދާއިރާ މެމްބަރު އަހުމަދު ރަޝީދު
އިންތިހާބުގެ ސައްހަކަމާމެދު ޝައްކުކުރެވޭ: އަހުމަދު ރަޝީދު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް ކުރީގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝިީދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެގޮތުން މިއަދު 8،000 ރައްޔިތަކަށް ރީރެޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލުމާއި ގުޅިގެން އޭނާ ވިދާޅުވެފައިވަނީ، އެމީހުން މިހާރު ތިބީ ރަށުގައި ކަމަށާއި އެޗްޕީއޭގެ ގަވައިދު ބުނާ ގޮތުން އެހެންތަނަކަށް ވޯޓުލާން ދެވެން ނެތްކަމުގައެވެ.

އެހެންކަމުން މިހާލަތުގައި ވޯޓުލުމުގެ ކަންތައް އެންމެ ރަނގަޅަށް ހިނގައިދާނެ ކަމާމެދު ޝައްކު ކުރެވޭ ކަމަށާއި އެއީ މިހާލަތުގައި ކަން ކުރަން އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ. 

އަދި މީގެ ދެދުވަސް ކުރިން އިންޑިއާގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ވާހަކަ އަޑު އިވިފައިވާއިރު، ރީރެގިސްޓްރޭޝަނަށް ހުޅުވާލި އިރުގައިވެސް އިންޑިއާގައި ފޮށި ބަހައްޓާނެ ކަމުގެ ޔަގީންކަން އިލެކްޝަން ކޮމިޝަނުން ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނުސީދާ ގޮތެއްގައި އިންޑިއާގައި ތިބި މީހުނަށް ރީރެޖިސްޓްރީ ވެވިދާނެ ކަމަށް ބުނެފައި ވީ ނަމަވެސް މިކަމުގެ ޔަގީންކަން ނެތުމުން ވޯޓުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދޭ ކަށާއި، މިކަން މިގޮތަށް ކޮށްފައި މިއޮތީ އެމްޑިޕީގެ ކެންޑިޑެޓުންނަށް ފުރުސަތު ފަހިވާ ގޮތަށް ކަންތައް ކުރުމަށް ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ. އަދި މިފަހަރު ކަންތައް ވަމުންދާ ގޮތުން އެފޮށްޓަށް ވޯޓުލާނީ އިންޑިއާ މީހުން ކަމާމެދު ޝައްކު އުފެދޭ ކަމުގައިވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިފަދަ ޝައްކުތައް ކުރަން ޖެހެނީ މާޒީގައި ކަން ހިނގާފައިވާ ގޮތުން ކަމަށާއި، މިކަންތަކަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭކަމަށް ބުނަމުން އޭނާ ވިދާޅުވީ، އެހެން ނޫނީ ލިބެންހުރި ބައިވަރު ވޯޓުތަކެއް ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް