ads
ރައީސް ޔާމީން-- ފޮޓޯ: އަވަސް އޮންލައިން
ޔާމީން ގެއަށް ބަދަލުކޮށްދޭން އާއިލާއިން ވެސް އެދިއްޖެ
އެމްއެމްޕީއާރްސީގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެޔަށް ބަދަލުކުރުމަށް އެދިފައިވަނީ އާއިލާއިން ވެސް އެދިފައިވާކަން ހޯމް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ހޯމް މިނިސްޓަރީއިން ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދެއްވުމަށް "ރެކުއެސްޓެއް" ލިބިފައިވާ ކަމަށް ކުރިން ހާމަކޮށްފައި ވީނަމަވެސް، އެކަމަށް އެދިފައިވަނީ ކޮންފަރާތަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މިއަދު ސީއެންއެމްއަށް މައުލޫމާތު ދެމުން ހޯމް މިނިސްޓަރީން ބުނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އެދިފައިވަނީ އާއިލާއިން ކަމަށެވެ.

އެކަމާ ގުޅިގެން އިތުރު މައުލޫމާތެއް މިވަގުތު ދެވެން ނެތްކަމަށް ވެސް އޮޕިޝަލު ވިދާޅުވި އެވެ.

އާއިލާގެ އިތުރުން ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދިނުމަށް ރައީސް ޔާމީންގެ އެދިލެއްވުމަކަށް ގާނޫނީ ވަކީލުންގެ ޓީމުން ވެސް ވަނީ އެދިފައެވެ. 

ވަކީލުންގެ ޓީމުގެ ފަރާތުން ޑރ. މުހައްމަދު ޖަމީލު އަހުމަދު ސީއެންއެމްއަށް ވިދާޅުވީ، އެގޮތައް އެތަށްފަހަރަކު  "ރިކުއެސްޓް"  ކޮށްފައިވާނެ ކަމަށާއި ނަމަވެސް ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ. 

"ރައީސް ޔާމީން ގެޔަށް ފޮނުވައިދިނުމަށް އެދިފައިވާނީ ރައީސް ސޯލިހް އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލުކުރެއްވިއިރު، ރައީސް ޔާމީން ވެސް އެފަދަ ހުށަހެޅުމެއް ހުށަހަޅައިފިނަމަ ބަލާނެ ކަމަށް ވިދާޅުވެފައިވާތީ،" ޖަމީލް ވިދާޅުވިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ، އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ލިއުމެއް އޮވެ އިޖުރާއަތު ތެރެއިން ކަމަށްވިދޅުވެފައެވެ. 

ނަމަވެސް ރައީސް ޔާމީނަށް ޑޮކްޓަރުން އެފަދަ ލިޔުމެއް ނުދެއްވާ ކަމަށް ވަނީ ވިދާޅުވެފައެވެ. 

މިނިސްޓަރު އިމްރާން ވެސް ވަނީ، ރައީސް ޔާމީންގެ ބަލި ހާލަތާއި ގުޅިގެން ޑޮކްޓަރުން ލިޔުމެއް ދީފައިވާއިރު، އޭގައި ވަނީ ރާއްޖޭގައި ވަކި ޓެސްޓެއް ހެދެން ނެތުމުން އެ ޓެސްޓް ހެދުމަށާއި، ސްޓްރެސް ފްރީ މާހައުލެއްގައި އެމަނިކުފާނު ބެހެއްޓުމަށް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ޑޮކްޓަރުންގެ ލިޔުންތަކާއި ގުޅިގެން މި ރީޖަންގެ ތެރެއިން ޓެސްޓް ހެދުމަށް ދާން ބޭނުންވަނީ ކޮން ގައުމަކަށްތޯ ސުވާލުކުރުމުން ވެސް ރައީސް ޔާމީން އެދިލެއްވީ ގެއަށް ބަދަލުކުރުމަށް ކަމަށްކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވެފައި ވަނީ ސްޓްރެސް ފްރީ މާހައުލަކަށް ބަދަލުކުރެވޭނީ ލިޔެކިޔުމުގެ ފުރަތަމަ ބައިކަމުގައިވާ ޓެސްޓްތައް ހެދުމުންކަމަށެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް