ads
އައްޑޫ މީދޫ ކެމްޕެއިން އެއްގެ ތެރެއިން
އެމްޑީޕީ ލޯގޯ ޕީޕީއެމްގެ ކެމްޕޭނުގަ ބޭނުންކުރަނީ!
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ހާއްސަ ކޮމިޓީގެ އިންތިހާބުގެ ކެމްޕެއިންތައް ވާދަވެރިކަމާއިއެކު ދަނީ ކުރެވެމުންނެވެ. ހާއްސަކޮށް ރާއްޖޭގައި މިވަގުތު އޮތް ވާދަވެރި ދެ ސިޔާސީ ޕާޓީކަމުގައިވާ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ސަރުކާރު ނިސްބަތްވާ ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދަނީ ވާދަވެރި ކެމްޕެއިންއެއް ކުރަމުންނެވެ.

އެހެން އަހަރުތަކާއި ހިލާފަށް ކޮވިޑް-19 މިދަނޑިވަޅުގައި ކައުންސިލް އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ޖެހިފައިވަނީ ވަރަށް ތަަފާތު ކޮށެވެ. އެހެންނަމަވެސް ފޯރި ތަންފުކެއްވެސް ކުޑައެއް ނުވެއެވެ. އެހެންޏާވެސް ޕާޓީތަކުގެ ކެމްޕެއިން ޖަގަހަތަކުގެ ތައްޔާރީތައް ވަރަށް ފޯޜީގައި ކުރިއަށް ދާތީވެސް އެބަފެެނެއެވެ. 

މިއާއިއެކު މިއަދު އެވެމުންދާ އަޑަކީ އައްޑޫ މީދޫއިން ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމުން އެމްޑީޕީގެ ލޯގޯ ބޭނުން ކުރަމުންދާ ކަމަުގެ އަޑުތަކެވެ. މިކަން ހާމަވާ ބައެއް ފޯޓޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މިފޯޓޯތަކުން ފެންނަ ގޮތުން ޕީޕީއެމްގެ ލޯގޯ އެއްފަޅިން ފެންނައިރު އަނެއް ފަޅިން އެމްޑީޕީގެ ލޯގޯވެސް ފެނެއެވެ. 

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ޕީޕީއެމްއިން ވައްކަން ކުރާކަމަށް ތުހުމަތުކޮށްފައެވެ. އަދި އެމްޑީޕީގެ ލޯގޯ ޕީޕީއެމް ކެނޑިޑޭޓުންގެ ކެމްޕެއިންގައި ބޭނުން ކުރާ ކަމަށް ތުހުމަތުކޮށް ރޮޒެއިނާވަނީ އެކަމަކީ އިލެކްޝަން ކޮމިޝަނުން ބަލަންޖެހޭ މައްސަލައެއް ކަމުގައި ދެކޭކަމަށް ވިދާޅުވެފައެވެ. 

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބާއްވަން ގިނަ ތައްޔާރީތަކެއް ވާންޖެހޭއިރު މިއީ ހަރަދު ބޮޑު އަދި ތަކުލީފު ބޮޑު އިންތިހާބަކަށްވާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި ދެ ލައްކަ އަށްވުރެ ގިނަ މީހުން ވޯޓުލުމަށް ހަމަޖެހިފައިވާއިރު، މާލޭ ސިޓީގައި 51،499 ފަރާތަކުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވެއެވެ.

އަދި އައްޑޫސިޓީގައި 25،055 މީހަކު، ފުވައްމުލަކުން 9،177 މީހަކާއި، ކުޅުދުއްފުށީ ސިޓީގައި 6،825 އޭގެއިތުރުން އެހެނިހެން އަތޮޅުތަކުން 179،924 ފަރާތަކުން ވޯޓުލުމަށް ވަނީ ރަޖިސްޓްރީކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް