ads
ސޯނަމް އަދި އާނަންދު
ފިރިމީހާއަށް ޓަކާ ސޯނަމް އިސްތަށިގަނޑު ދަނބު ކޮށްފި
ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ އަނިލް ކަޕޫރްގެ އަންހެން ދަރިފުޅު ކަމަށްވާ ސޯނަމް ކަޕޫރަކީ ވެސް ބެލުންތެރިނަށް ވަރަށް ކަމުދާ ތަރި އެކެވެ.

ސޯނަމް ކަޕޫރް އޭނާގެ ދުވަސްވީ ލޯބިވެރިޔާ ކަމަށްވާ އާނަންދު އަހޫޖާއާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރު މޭމަހުގެ އަށްވަނަ ދުވަހުގަ އެވެ.

އެމީހުންގެ ކައިވެންޏަށް ތިން އަހަރު ވެފައިވާއިރުގައި އެ ޖޯޑުގެ ލޯބިކަމުގެ ވާހަކައަކީ ބެލުންތެރިން ދައްކާ ވާހަކަ އެކެވެ. 

އެގޮތުން ސޯނަމް އޭނާގެ ފިރިމީހާއަށްޓަކާ އިސްދަށިގަނޑުގެ ކުލަ ބަދަލުކޮށްލިކަން އިއުލާނު ކުރުމުން ފޭންސްގެ ލޯ ބޮޑުވެގެން ދިޔަ އެވެ.

your imageސޯނަމް ދަނބުކުލައިގެ އިސްތަށި ގަނޑު ދައްކާލަނީ

ދާދިފަހުން ސޯނަމް އޭނާގެ އިންސްޓާގްރާމްގެ ސްޓޯރީގައި އޭނާގެ ދަނބު ކުލައިގެ އިސްދަށިގަނޑު ދައްކާލަމުން ބުނެފައިވަނީ އެކަން އޭނާ ކޮށްފައި ވަނީ ހަމަ އެކަނި އޭނާގެ ލޯބިވާ ފިރިމީހާއަށްޓަކާ ކަމަށެވެ. އަދި އާނަންދު ދެކެ ވަރަށް ލޯބިވާ ކަމަށް ވެސް ސޯމަން ބުނެފައި ވެއެވެ.

ސޯނަމް އެނާގެ ފިލްމު ޝޫޓިން ނިންމާލުމަށްފަހުގައި ފިރިމީހާއެކުގައި ވަގުތު ހޭދަކުރުމަށް ގޮސްފައިވަނީ ނިމިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް