ads
އެލީ އާއި އޭނާގެ މައިންބަފައިން އަދި ކަަރަން އާއި ބިޕާޝާއާއެކު-
ފާޑުކިޔުން އަމާޒުވެ ދަރިފުޅުގެ ދިފާއުގައި މަހްލޫފު ތެދުވެއްޖެ
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ދަރިފުޅު ލައިބާ އަހުމަދު މަހުލޫފް (އެލީ) އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިކާ ޖާވިޑް އަލީ އާއެކު ލަވައަކުން ފެނިގެން ދާނެ ކަމަށް އިއުލާނުކުރެވިގެން ދިއުމާއެކު އެ ކުއްޖާއަށް އެއް ބަޔަކު މަރުހަބާކިޔަން ފެށިއިރު އަނެއް ބަޔަކު ވަނީ ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

“ނެޕޮޓިޒަމް” ގެ އަޑު ގަދަވެގެން ދިޔައީ މިނިސްޓަރު މަހްލޫފު އޭނާގެ ދަރިފުޅަށް އެފަދަ ފުރުސަތެއް ފަހިކޮށްދިންއިރު ހުނަރު ހުރި އެތައް ކުއްޖަކަށް އެ ފުރުސަތު ތަނަވަސްނުވާ ކަމަށް ބުނެ އެވެ.

 މިނިސްޓަރުކަމުގެ ނުފޫޒުން ކުއްްޖާއަށް ފުރުސަތު ފަހިކޮށްދިންކަމުގެ އަޑުތަކާއެކު އެންމެ ފަހުން މަހްލޫފް މިވަނީ ދަރިފުޅުގެ ދިފާއުގައި ނިކުންނަވާފަ އެވެ.

ސޯޝަލް މީޑިއާގައި މަހްލޫފު ވަނީ އެކަމާއި ގުޅިގެން ރައްދެއް ދެއްވާފަ އެވެ. އެގޮތުން އެލީގެ ކުރިއެރުމަށް ބައްޕައެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަކީ ޒިންމާއެއްކަން ފާހަގަަކުރައްވަމުން ވިދާޅުވީ ދަރިފުޅުގެ ވެސް އަދި އަމިއްލަ އެއްވެސް ކަމަކަށް ދައުލަތުގެ ފައިސާއެއްް އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކަން ދުވަހަަކުވެސްް ނުކުރާނެ ކަމަށެވެ.

ނުހައްގުން އެއްވެސް ފުރުސަތެއްް ދަރިފުޅަށް ހޯދައިދޭން މަސައްކަތް ނުކުރާނެކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ އެގޮތަށް އެކަން ކުރައްވައިފިނަމަ އޮޅުވާލެވެނީ އަމިއްލަ ނަފްސަށާއި އަމިއްލަ ދަރިފުޅަށް ކަމަަށެވެ.

އޭގެ އިތުރުން ވަޒީރަކަަށްވެވަޑައިގެންނެވުމުގެ މާކުރިން، އައިފާ 2014 އިން ފެށިގެން ވެސް އަމިއްލަ ޝައުގުވެރިކަމުގެ ތެރެއިން ބޮލީވުޑުގައި އަދި މުމްބާއީގައި ރައްޓެހިން ތިއްބަވާ ކަމަށާއި އެކަމާއި މީހުން ހަޖޫ ޖަހާ ވެސް އުޅޭ ކަމަށް ވިދާޅުވި އެވެ.

އަދި އުމުރުން ތިން އަހަަރުން ފެށިގެން ދަރިފުޅު އެލީ ހިންދީ ބަހުން ވާހަކަ ދައްކާ ކަމަށާއި އެ ވިސްނުމަކީ ބޮލީވުޑަށް އޮތް ޝައުގެއްގެ ތެރެއިން އައި ވިސްނުމެއް ކަމަަށް ވެސް ވިދާޅުވި އެވެ. އަދި އެއީ އެންމެނަށް ވެސް އޮތް ފުރުސަތެއް ކަމަށާއި ވަރަށް ބުރަކޮށް އަދި ވަަރަށް ހަރަދުވެސް ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. 

“އެއްބާރުލުން އެދޭ މީހަކަށް އަޅުގަނޑު އުފަލާއެކީ އެއްބާރުލުންދޭނަން. ކަމުގެ މުހިއްމުކަން ނިންމާނީ ބެލެނިވެރިޔާ،” މަހްލޫފް ވިދާޅުވެ އެވެ.

ޒީ މިއުޒިކް ކޮމްޕެނީގެ ޕްރޮޑަކްޝަނެއްގެ ގޮތުގައި ނެރޭ މި ލަވައިގެ ނަމަކީ "ޖީނޭކީ ވަޖާ" އެވެ. އަދި މި ލަވަ ކިޔާފައިވަނީ ޖާވިދް އަލީ އެވެ.

މި ލަވައިގެ ޓްރެއިލާ ކްލިޕެއް ޒީ މިއުޒިކް ކޮމްޕެނީ އިން ހިއްސާ ކޮށްފައިވާ އިރު، މި ޓްރެއިލާގައި އެލީ ފެނިގެން ދެއެވެ. 

މަހްލޫފް ވިދާޅުވާ ގޮތުގައި މިއީ ހަ މަސް ދުވަހުގެ މަސައްކަތެވެ. އަދި އެކަމުގެ ތެރެއިން އާ ފިލާވަޅުތަކެއް ލިބި ގިނަ ކަންތައްތަކެއް ވެސް ދަސްވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެލީ ވަނީ އޭނާގެ އަށް ވަނަ އުފަންދުވަހާއި ދިމާކޮށްވެސް ލަވައެއް ރިލީޒް ކޮށްފައެވެ. އެގޮތުން މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ރަނަރަޕް ހަމޫދު އަހުމަދާއެކު އެލީ "ހަނގާ"ގެ ނަމުގައި ރިލީޒް ކުރި ލަވައަކީ ބުލީ ކުރުމާއި ދެކޮޅަށް ނެރުނު ލަވައެކެވެ. 

ޖާވިދް އަލީ އަކީ ކަޖްރާރޭ، ގުޒާރިޝް އަދި ތުމް މިލޭ ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ ލަވަކިޔުންތެރި އެކެވެ.

76%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް