ads
ފޮޓޯ: ހެލޯ ޓްރެވަލްސް
ކުޑަހުވަދޫއަށް ދިޔަ ވަންދޫ ދޯންޏެއްގެ 18އަށްވުރެ ގިނަ ފަޅުވެރިން ކަރަންޓީއަށް!
ކުޑަހުވަދޫއަށް ދިޔަ ތ. ވަންދޫ "އަސްދާން" ދޯނިން ފަސް ފަޅުވެރިން ފިޔަވައި ހުރިހާ ފަޅުވެރިން ކަރަންޓީން ކޮށްފި އެެވެ.

ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ދޯނި ކުނޑަހުވަދޫއަށް ގޮސްފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު ކަމަށާއި ކަރަންޓީން ވާން އަންގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. 

އެހެންނަމަވެސް ކަރަންޓީން ވުމަށް އެޗްޕީއޭއިން އަންގާފައިވަނީ ދޯނީގައި އެވަގުތުތިބި ފަޅުވެރިންގެ ތެރެއިން ފަސް ފަޅުވެރިން ފިޔަވައި އެހެން ހުރިހާ ފަޅުވެރިން އަށް ކަމަށް ގިޔާސް ވިދާޅުވިއެވެ. އެ ފަސް ފަޅުވެރިން ކަރަންޓީން ކޮށްފައި ނުވަނީ އެމީހުން ކުނޑަހުވަދޫއަށް ފައިބާފައި ނުވާ ކަމަށް ބުނެ ކަމަށާއި އެހެންނަމަވެސް އުސޫލެއްގެ ގޮތުން އެ ފަސް ފަޅުވެރިން ރަށުތެރެއަށް ނުފޭބި ނަމަވެސް އެއް ދޯންޏެއްގެ ތެރޭގައި އުޅޭއިރު އެންމެންވެސް ތިމާވެފަ ކަރަންޓީން ކުރަން ޖެހޭނެ ކަން ގިޔާސް ފާހަގަކުރެއްވިއެވެ. 

" އަޅުގަނޑުވެސް ތިކަމާއި ވަރަށް ސުވާލު އުފެއްދިން . އެ ދަތުރު އައިސްފަ ހަފްތާއެއް ފަހުން މިކަމެއް ދިމާވީ. އައިސް އެޅުމަށްޓަކައި ދޯނިން އެހެން ފަޅުވެރިން ފޭބީ އަނެއް ފަސް ފަޅުވެރިިން ނުފައިބާ. ނުފޭބި ނަމަވެސް އެއް ދޯންޏެއްގެ ތެރޭގައި އުޅޭއިރު އެންމެންވެސް ތިމާވެފަ ދެއްތޯ ތިބޭނީ " ގިޔާސް ވިދާޅުވިއެވެ.

މީގެ ދެ ދުވަސްކުރިން ފުރަތަމަ ފަހަރަށް ކުޑަހުވަދޫން ބަޔަކު ޕޮޒިޓިވްވިއިރު އެޗްއީއޯސީން އަންނަނީ މިދިޔަ މަހުގެ 26 އިން ފެށިގެން ކުޑަހުވަދޫއަށް ދިޔަ މީހުން ހޯދަމުންނެވެ. 

އެޗްޕީއޭ އިން ވަނީ، 26 ފެބްރުއަރީ 2021 ގެ ފަހުން ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެންގުމަށް އެދިފައެވެ. އަދި މިތާރީހުގެ ފަހުން ކުޑަހުވަދޫއަށް ގޮސްފައިވާ ފަރާތެއްވާނަމަ، ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެން ޖެހޭނެ ކަމަށް ވެސް އަންގާފައިވެއެވެ. އޭގެ އިތުރުން ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށް ވަނީ އަންގާފަ އެވެ. 

އެ ދޯނި ކުނޑަހުވަދޫއަށް ގޮސްފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު އައިސް އެޅުމަށެވެ. އަދި ފަސް ފަޅުވެރިން ފިޔަވައި އެހެން ފަޅުވެރިން ރަށަށް ފައިބާފައިވަނީ އައިސް އެޅުމަށް ކަމަށް ކައުންސިލުން ބުނެއެވެ. އެހެންނަމަވެސް ކުނޑަހުވަދޫއިން މީހަކާއި ބައްދަލުނުވާކަމަށްވެސް ކައުންސިލުން ބުނެއެެވެ. އެ ފަހުން އަބުރާ ވަންދޫއަށް "އަސްދާން" ދޯނި ގޮސްފައިވަނީ، އެންމެން އެކީގައި މަސްވެރިކަމުގައި އުޅެފަ ކަމަށްވެސް ކައުންސިލުން ބުނެއެވެ. ކަރަންޓީން ކޮށްފައިވަނީ ސީދާ ކިތަށް ފަޅުވެރިންކަމެއް ނޭގުނު ނަމަވެސް 18 އަށް ވުރެ ގިނަ ފަޅުވެރިން ކަރަންޓީން ކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ

ދ. ކުޑަހުވަދޫގައި އާންމުންގެ ތެރޭގައި ކޮވިޑް-19 ފެތުރެމުން އަންނަކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ވަނީ ބުނެފައެވެ. އެއާޕޯޓްގެ މުވައްޒަފުންތަކެއް ޕޮޒިޓިވްވެ އެރަށަށް އަރާއި ފޭބުން މަނާކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް