ads
ތ. ވިލުފުށި--
ވިލިފުށި ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ތ. ވިލިފުށީގައި ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިލުފުށި ކައުންސިލްގެ ރައީސް ހުސައިން އަބްދުއްސަލާމް އާދަމް ވިދާޅުވީ، މި ތިން މީހުން ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީން މުއްދަތު ހަމަވެ ރިލީޒް ސާމްޕަލް ނެގުމުން ކަމަށެވެ.

އެގޮތުން ޕޮޒިޓިވްވި ތިން މީހުންގެ ހާލު ރަނގަޅު ކަމަށާއި، އެއްވެސް މީހެއްގެ ފުށުން އަލާމާތެއް ނުފެންނަ ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.

މީގެ އިތުރުން ޕޮޒިޓިވްވި މީހުންގެ ތެރޭ ހައި ރިސްކު މީހެއް ހިމެނޭ ކަމަށާއި، ނަމަވެސް އެމީހާގެ ހާލު ވެސް ރަނގަޅު ކަމަށް އަބްދުއްސަލާމް ވިދާޅުވިއެވެ.

އަބްދުއްސަލާމް ވިދާޅުވީ މިހާތަނަށް މި ތިން މީހުން ރަށުގެ އެއްވެސް މީހަކާ ކޮންޓެކްޓުވިކަން ފާހަގަވެފައިނުވާ ކަމަށެވެ. ނަމަވެސް އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަބްދުއްސަލާމް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް