ads
އެލީ ލަވައެއް ރިކޯޑް ކުރަނީ-- ފޮޓޯ: ނަޒޫ
ނެގެޓިވް ކޮމެންޓް ކުރި މީހުންނަށް މަހްލޫފްގެ ރައްދެއް!
އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖާވިދު އަލީ އާއެކު ދަރިފުޅަށް ލަވައެއް ކިޔަން ފުރުސަތު ހޯދައިދިނީ ނުފޫޒުން ކަމަށް ބުނެ ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް އަނެއްކާ ވެސް މިނިސްޓަރު އަހުމަދު މަހްލޫފް ރައްދު ދެއްވައިފި އެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ މިނިސްޓަރު މަހްލޫފް ބައިވެރިވެވަޑައިގެންނެވިއިރު ނުފޫޒުން ދަރިފުޅަށް ފުރުސަތު ހޯދައިދިން ކަމުގެ އަޑުތައް ގަދަވެފައިވާތީ އެކަމުގެ ސުވާލު މިނިސްޓަރަށް އަމާޒުވި އެވެ. 

އެކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ލަވަ ރިލީޒްކުރުމާއެކު ވަރަށް ޕޮޒިޓިވްވި ކޮމެންޓް ވެސް ލިބިފައިވާ ކަމަށެވެ. އަދި ނެގެޓިވް ކޮމެންޓް ވެސް ލިބިފައިވާ ކަމަށާއި އެކަމަކު ނެގެޓިވް ކޮމެންޓްކުރި މީހުންނަށް ނޭނގޭ ކަމަކީ އެ ފުރުސަތަކީ ރާއްޖޭގެ ކުއްޖަކަށް ބޮލީވުޑުގެ މީހަކާއެކު ލަވައެއް ކިޔަން ފުރުސަތެއް ދިނުމުން އެ ފުރުސަތު، ދަރިފުޅަށް ދިނީ ނޫން ކަމަށެވެ.

"މިއީ އަޅުގަނޑުގެ ރައްޓެއްސަކު ދިން ހިޔާލަކަށް ޖާވިދު އަލީ އަޅުގަނޑުގެ ދަރިފުޅާއެކީ ލަވަކިޔާނެ އޭ ބުނީމަ، އަދި ދަރިފުޅުގެ ލަވަކިޔާ ވީޑިއޯ އެއްޗެހި ފޮނުވީމަ، އޭނާ އެކަމަށް އެއްބަސްވީމަ އެކަމަށް ކުރަންޖެހޭ ހަރަދާއި އެއްޗެހި ކޮށް ހަދައިގެން އުޅޭ ކަމެއް، މި ލަވައަކީ އަޅުގަނޑުމެންގެ ލަވައެއް، ޒީއަށް މިއަދު އެ ލަވައިގެ ރައިޓްސްދީފަ އެ އޮތީ،"

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެފަދަ ފުރުސަތެއް ހޯދަން އެމީހަކީ މިނިސްޓަރަކަށްވާކަށް ނުޖެހެ އެވެ. އަދި ކުރިން ވެސް ވިދާޅުވި ގޮތަށް ވަޒީރަކަށްވެ ވަޑައިގެންނެވުމުގެ މާކުރިން، އައިފާ 2014 އިން ފެށިގެން ވެސް އަމިއްލަ ޝައުގުވެރިކަމުގެ ތެރެއިން ބޮލީވުޑުގައި އަދި މުމްބާއީގައި ރައްޓެހިން ތިއްބަވާ ކަމަށާއި އެކަމާއި މީހުން ހަޖޫ ޖަހާ ވެސް އުޅޭންކަން ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން އިންޑިއާގެ ހައި ކޮމިޝަނުގައި ވެސް އެ ވާހަކަ ބުނީ ލަވަ ރިކޯޑްކޮށް ނިމުމަށް ފަހު ކަމަށާއި، އެކަމަކު އެތަނުގައި ތިބޭ މީހުންނަކީ ވެސް ވަރަށް ގާތް ބައެއް ކަމަށް ވިދާޅުވި އެވެ. އެކަމަކު ލަވައިގެ އެއްވެސް ކަމެއްގައި އެހީތެރިކަން ހޯދާފައި ނުވާ ކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރު މަހްލޫފް ވަނީ ކޮމަންވެލްތުގެ ފަރާތުން ކޮންމެ ކުއްޖަކު ގައުމަކުން ނަގައި މުބާރާތަކަށް ވެސް އޭނާގެ ދަރިފުޅު ހޮވުނު ކަމަށެވެ. އެ ފަހަރު ވެސް މީހުން ހަޅޭލެވިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަމަށް އިއުލާން ކުރުމާއެކު 30 ސިކުންތުގެ ވީޑިއޯކޮޅަކާއެކު މެއިލް ކުރީ އަންހެނުންގެ މެއިލުން ކަމަށެވެ. އެ ފަހަރު ވެސް މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެކަން އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑަށް ހީވަނީ މަގާމުގެ ގޮތުންނޭ ކިޔާފަ އަޅުގަނޑުގެ ދަރިފުޅުގެ ކުރިއެރުމަށް މަސައްކަތްކުރުން ހުއްޓާލުމަކީ އިންސާފުވެރި ގޮތެއް ނޫންކަންނޭނގެ ދެއްތޯ،"
50%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
35%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް