ads
ހުސައިން މުހައްމަދު ލަތީފް.. ފޮޓޯ: މަޖިލިސް
ކެމްޕެއިން ކުރަން ފުރުސަތު ނެތް އިންތިހާބެއް އިންސާފުވެރިއެއް ނުވާނެ: ހުސައިން މުހައްމަދު
ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުދީ ބާއްވާ އިންތިހާބެއް އިންސާފުވެރި ވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ހުސައިން މުހައްމަދު ލަތީފް މިހެން ވިދަޅުވީ، އަންނަ އޭޕްރީލް މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތްކަން ފާހަގަކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން ހުސައިން ވިދާޅުވީ، ސިޔާސީ ވާދަވެރިންގެ އަތްފައި ބަނދެލުމަށްފަހު ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުދީ، މި ސަރުކާރުން ދަނީ ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފަމުން ކަމަށެވެ. 

އަދި ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުދީ ބާއްވާ އެއްވެސް އިންތިހާބެއް، އިންސާފުވެރި އިންތިހާބަކަށް ވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެކަމަށްވެސް ހުސައިން ވިދާޅުވިއެވެ. 

ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތްކަމުގެ ޝަކުވާއަކީ އިދިކޮޅުން ތަކުރާރުކޮށް ކުރަމުން އަންނަ ޝަކުވާއެކެވެ. އެގޮތުން ކޮވިޑާއި ގުޅިގެން އާންމު ދަތުރުފަތުރުކުރުން މަނާކުރެވިފައި އޮތްއިރު، އެޗްޕީއޭއިން ދޫކުރާ ހާއްސަ ހުދައިގެން ދަށުން ނުސީދާކޮށް ކެމްޕެއިން ކުރުމަށް ސަރުކާރުގެ ބޭބޭފުޅުން އަތޮޅުތެރޭގެ ރައްތަކަށް ދަތުރުކުރާކަމުގެ ޝަކުވާ އިދިކޮޅުން ވަނީ އީސީގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. 

އެގޮތުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް، ސަންސެޓް ގާނޫނުގެ ދަށުން އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައި، ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތްކަމަށް އީސީންވެސް ވަނީ ބުނެފައެވެ. މިއާއިއެކު އެކަމަށް ހައްލެއް ގެނައުމަށް، ކެމްޕެއިން ކުރުމަށް ކަރަންޓީނު ނުވެ ރަށްރަށައް ދަތުރު ކުރުން ހުއްދަ ދިނުމަށް އެޗްޕީއޭއިން ނިންމިއެވެ. ނަމަވެސް އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ހުރުމުން އެޗްޕީއޭއިން ވަނީ އެ ހުއްދަ ނުދޭން ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް