އުފަންދުވަހުގެ ކޭކު ފަޅާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކުރައްވާ ދުންޔާއަށް ޓެގްކޮށް ކުރެއްވި އެ ޓްވީޓްގައި މިނިސްޓަރު ޔުމްނާ ވަނީ ކުނޑައިރު މަންމަ އެއްވައްތަރު ހެދުން ލައްވާ ހަނދާންވޭތޯ ސުވާލު ކުރައްވާފައެވެ.
ދުންޔާ ވެސް ވަނީ ދުވަހުގެ ތަހްނިޔާ ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އަދި ދިރިއުޅުމުގެ ދަތުރުގައި ހިއްސާވާން އެއްމާބަނޑު ބޭފުޅަކު ހުރުމުން އިތުރަށް ދިރިއުޅުން ފުރިހަމަވާކަމަށްވެސް ދުންޔާ ވިދާޅުވެފައިވެއެވެ.
ސިޔާސީ މަޝްރަހްގައި މިނިސްޓަރު ޔުމްނާ އަދި ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަން ކުރައްވާފައިވާ ދުންުޔާ ފާހަގަކުރެވެނީ ހިޔާލު ތަފާތު ދެކަނބަލުންގެ ގޮތުގައެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ، އެެއްމާބަނޑު ދެބޭފުޅުން ކަމަަށް ވީނަމަވެސް ހުރިހާ ކަމެއްގައި ހިޔާލު އެއްގޮތް ނުވެދާނެ ކަމަށެވެ. އެހެންނަމަވެސް އެދެމެދުގައި އޮންނަ ގުޅުމަކީ ހިޔާލުތަފާތުވުންތަކާއި އެކުވެސް ވަރުގަދަ ގުޅުމެއްކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.