ads
ސުޝާންތު އަދި އަންކިތާ-
ސުޝާންތު އަހަރެންނާ ރުޅިވީ ކެރިއަރަށްޓަކައި: އަންކިތާ
އަންކިތާ ލޮކާންޑޭ އާއި ސުޝާންތު ސިންގް ރާޖުޕުތުގެ ޖޯޑަކީ ގިނަ ބަޔަކަށް ކަމުދިޔަ ޖޯޑެކެވެ. 2016 ވަނަ އަހަރު ޕަވިތްރަ ރިޝްތާގެ ސެޓުން ދެ ތަރިން އެކަކު އަނެކަކަށް ހިތްޖެހުނުއިރު ސުޝާންތު ބޮލީވުޑަށް ނިކުތް ގޮތަށް ވަނީ އަންކިތާއާ ރުޅިފަ އެވެ.

މިދިޔަ އަހަރު ސުޝާންތު މަރުވެފައިވާއިރު އެކަމާއި ހިތްދަތިވެގެން އަންކިތާ އަންނަނީ ތަފާތު ޕޯސްޓްތައް ކުރަމުންނެވެ. އެހެންވެ ސުޝާންތުގެ ސަޕޯޓަރުން ވަނީ އަންކިތާ ދެކެ ރުޅިއައިސްގެން ވާހަކަ ދައްކާފަ އެވެ. އަދި ރުޅިވީ އަންކިތާގެ ސަބަބުންކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކާފައިވެ އެވެ. 

އަންކިތާ ބޭރުގެ ނޫހަކަށް، ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ރުޅީވީ އޭނާކަމަށް ދޭހަކޮށް ވާހަކަ ދެއްކިޔަސް ހަގީގަތް މީހުންނަށް ނޭނގޭ ކަަމަށެވެ. އެގޮތުން އެއްވެސް މީހެއްގެ ބޮލުގައި ކަމެއް އަޅުވަން ބޭނުން ނުވާ ކަމަށާއި ކެރިއަރަށްޓަކައި މޫވް އޮން ކުރީ ސުޝާންތު ކަމަށެވެ. އަދި ރުޅިވިތާ ދެ އަހަރެއްހާ ދުވަސްވީއިރު ވެސް އޭނާ އުޅުނީ ވަރަށް ހާލުގައި ކަމަށެވެ.

އަމްކިތާ އާއި ސުޝާންތު ލޯބީގެ ގޮތުން ގުޅުނީ ޓީވީ ޝޯ، ޕަވިތުރަ ރިޝްތާއިންނެވެ. އެކަމަކު ހަ އަހަރު އެކުގައި އުޅުމަށް ފަހު އެ ދެ ތަރިން ވަކިވީ 2016 ވަނަ އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް