ads
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ދެކޮލުގަ ފުށް ޖަހައިގެން ލިޕްގްލޮސް އުނގުޅަން ތިބެގެން ނުވާނެ: ޒިޔާދް
ދެކޮލުގަ ފުށް ޖަހައިގެން ލިޕް-ގްލޮސް އުނގުޅަން ތިބީމަ އެއްވެސް ކަމެއް ނުވާނެ ކަމަށާއި ކެމްޕެއިން ކުރެވޭނީ ކެމްޕެއިން ކުރަން އެނގިގެން ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދު ވިދާޅުވެ އިދިކޮޅު ޕާޓީތަކަށް ފާޑު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައަކަށް ބަހުސް ކުރުމުގައެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅީ ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތެއް ފަހިކޮށްދީފައި ނުވާކަމަށް ބުނެއެވެ. 

އެނާ ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން ފާޅުގައާއި ސިއްރުގައި ރަށްރަށަށް ގޮސް މިހާރު ކެމްޕެއިން ކުރަމުންދާ ކަމަށާއި ނަމަވެސް އިދިކޮޅު މެމްބަރުންނަށް މިފުރުސަތު ނެތް ކަމަށެވެ. 

"ހަގީގަތުގައި މި ވަގުތު ކެމްޕެއިން ކުރަން އެންމެ އުނދަގޫ ވާނީ އެމްޑިޕީއަށް. އެމްޑީޕީއަކީ ސީދާ ގޭގެއަށް ގޮސް ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކައިގެން ކެމްޕެއިން ކުރާ ބައެއް. މިއީ ވަރަށް ރަނގަޅު ފުރުސަތެއް. އެބޭފުޅުން (އިދިކޮޅުން) ކެމްޕެއިން ކުރާ ގޮތަށް ގޭގެއަށް ސިޓީ އުރައެއް ހަވާލު ކޮށްލުން އެއީ މިހާރުވެސް މާ ބޮޑު ދަތި ތަކެއް ހުރި ކަމެއްް ނޫން،" -ޒިޔާދް-

ނަމަވެސް ކެމްޕެއިން ކުރެވޭނީ ކެމްޕެއިން ކުރަން އެނގިގެން ކަމުގައި ވިދާޅުވަމުން، މިކަން ކުރަން ހަމަ އައު ވެފައި، ނޭންގެނީ ކަމުގައި އޭނާ ވިދާޅުވިއެވެ. 

ހަމަ އެހެންމެ ސައީދު ކުރީގެ އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި އިރު މެޑަމްއާއި ރައީސް ޔާމީނު ދޭތެރެ ޖެއްސުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"ފުރުސަތު އެބޮއިތް، ނަމަވެސް ފުރުސަތުގެ ބޭނުން ހިފަން ނޭންގެނީ،" -ޒިޔާދް-
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް