ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ---
އަސްކަރިއްޔާއަށް އިތުބާރު އެބައޮތް، އިތުބާރު ނެތިގެން އުޅެނީ ގައްދާރުންނަށް: އަދުރޭ
ދިވެހި އަސްކަރިއްޔާއަށް އިތުބާރު އެބައޮތް ކަމަށާއި، އިތުބާރު ނެތިގެން އުޅެނީ ގައްދާރުންނަށް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އުތުރުތިލަފަޅު ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއި އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ހާމަކުރުމަށް އެދި ރައީސް ސޯލިހުއަށް އިދިކޮޅު ކޯލިޝަންއިން މިއަދު ސިޓީއެއް ހުށަހަޅާފައި ވާއިރު، އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި އަސްކަރިއްޔާ އަކީ ރައްޔިތުންގެ އިތުބާރާއި އިހުތިރާމާއި ލޯބި ލިބިފައިވާ މުވައްސަސާއެއް ކަމަށެވެ. 

އަދި މިހާރުވެސް އެކަން އޮތީ ހަމަ އެގޮތަށް ކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، ރައްޔިތުންގެ އިތުބާރާއި އިހުތިރާމް އަދި ލޯބި ނެތިގެން އުޅެނީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފަށް ކަންކުރާ "ގައްދާރުންނަށް" ކަމަށެވެ. 

އިދިކޮޅު ކޯލިޝަނުން މިއަދު ރައީސް ސޯލިހު އަށް ފޮނުއްވި ސިޓީގައި ވަނީ، ގައުމުގެ މިނިވަންކަމާއި، ކަރާމާތަށް ބެލުމެއްނެތި، އަޑިނޭންގޭ ސިއްރު އެއްބަސްވުންތަކުގައި އިންޑިއާ ސަރުކާރާއި އެކު ސޮއިކޮށްފައި އޮތުމުން، ރައްޔިތުންގެ މެދުގައި އިންތިހާއަށް ބިރުވެރިކަން އުފެދިފައިވާ ކަމަށާއި، އެހެންކަމުން އެ އެއްބަސްވުންތައް ހާމަކުރައްވަން އެދޭކަމަށެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް