ads
ކުރީގެ މިނިސްޓަރު އާތިފާ އަދި ރައީސް ނަޝީދު
އެމްއާރުއެމްއަަށް ހައުސިން މިނިސްޓްރީ ދިނުންވީ ދަންތުރައަކަށް: ނަޝީދު
މި ސަރުކާރުން އެންމެ ފުރަތަމަ އަހަރު، ހައުސިން މިނިސްޓްރީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އާ ހަވާލުކުރުމަކީ ދަންތުރައެއްގެ ގޮތުގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފި އެވެ.

ނަޝީދު މިގޮތަށް ވާހަކަފުޅު ދެއްކެވީ މިއަދު ހަވީރު އެމްޑީޕީގެ މާފަންނު ޖަގަހަ ހުޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް ތަކުރާރުކޮށް ވާހަކަފުޅު ދައްކަވާ ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ ފުރަތަމަ ހައުސިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަަޑައިގަތީ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމްގެ ބޭފުޅެއް ކަމަށާއި “އެ ދަންތުރައިން މިހާރު އަރައިގަނެވިފައިވާ” ކަމަށެވެ.

“ރައީސުލްޖުމްހޫރިއްޔާ ދިގުކޮށް ތަކުރާރުކޮށް މާލޭގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން މި ޕާޓީއާ މަޝްވަރާކުރައްވާ. ހައުސިން ވަޒީރު މި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއާ މަޝްވަރާ ކުރައްވާ. އެނގިވަޑައިގަންނަވާނެ މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމިގެންދިޔައީ އެމްއާރުއެމްގެ ބޭފުޅަކު. ރައީސް މައުމޫންގެ ފަރާތުން ވަޑައިގެން ހުންނެވި ބޭފުޅަކު ހައުސިން މިނިސްޓަރުކަމުގައި ހުންނަވާ،“

އެ ދަންތުރައިން މިހާރު އަރައިގަނެވިފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މިހާރު ހައުސިން މިނިސްްޓަރުގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ ބޭފުޅެއް ކަމަށެވެ. އެގޮތުން ރައީސް ސޯލިހާއި މިނިސްޓަރުގެ ވެސް ތަސައްވަރެއް އެބަ އޮތް ކަމަށާއި މި ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ސަރަހައްދުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ 17000 އާއިލާ އެބަ އޮތް ކަމަށެވެ. އަދި އެ އާއިލާތައް ތިން ގިންތިއަކަށް ބަހާލަައިގެން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރައްވާކަން ފާހަގަކުރެއްވި އެވެ.

ހަތަރު ޕާޓީ ހިމެނޭ ކޯލިޝަނަކާއެކު މި ސަރުކާރު ވެރިކަމަށް އައިސް އެންމެ ފުރަތަމަ ހައުސިން މިނިސްޓްރީ ހަވާލުކުރީ އެމްއާރުއެމް އަށެވެ. އެކަމަކު ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އެދެވޭ މަސައްކަތެއް ނުކުރާ ކަމަށް ބުނެ މިނިސްޓަރު އާތިފާއަށް ގިނަ ފާޑުކިޔުންތަކެއް އެމްޑީޕީން އަމާޒުކުރި އެވެ. 

އެންމެ ފަހުން ސިއްހީ ހާލުކޮޅު ހުރި ގޮތުން ކަމަށް ވިދާޅުވެ އާތިފާ މަގާމުން އިސްތިއުފާ ދެއްވި އެވެ. އެއާއެކު ރައީސް ސޯލިހު ވަނީ ހައުސިން މިނިސްޓްރީ އުވާލާއި ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލާފަ އެވެ. އަދި އެ މިނިސްޓްރީ ހަވާލުކުރެއްވީ ޕްލޭނިން މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު އަސްލަމަށެވެ.  

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް