ads
މުއިއްޒު--
މުއިއްޒު ހާޒިރުކުރީ އިންތިހާބަށް ނުފޫޒު ފޯރުވާކަށް ނޫން: އޭސީސީ
މާލޭގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ނިކުންނަވާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ނުފޫޒު ފޯރުވަންކަމަށް ދޭހަކޮށް ފަތުރަމުންދާ ވާހަކަތައް، އޭސީސީން ދޮގުކޮށްފި އެވެ.

އޭސީސީން ބުނީ ޑރ. މުއިއްޒު އެ ކޮމިޝަނަށް ހާޒިރުކުރި ކުރުމަކީ ސިޔާސީގޮތުން އެ ކޮމިޝަނުން ކުރިކަމެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވަމުން އަންނަ ކަމަށާއި އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކަކީ، ދުރާލާ ޕްލޭން ކުރެވިގެން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ކުރިއަށްގެންދާ ތަހުގީގުތަކެއް ކަމަށެވެ. 

އެގޮތުން، މައްސަލަތަކުގެ ތަހުގީގު ފަށާނެ ނުވަތަ ތަހުގީގު ނިންމުމަށް ޓާގެޓް ކަނޑައަޅައި މައްސަލަތައް ތަރުތީބުކުރަނީ، ސިޔާސީ ވިސްނުމަކަށް ނުވަތަ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ނޫންކަމަށެވެ.  އަދި ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތަހުގީގު ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންކޮށް ތަހުގީގު ކުރިއަށްގެންދާނެގޮތާއި ތަރުތީބު ކަނޑައަޅާނީ ކޮމިޝަނުން ކަމަށް ވެސް ބުނެފައިވެ އެވެ. 

އޭސީސީން އިތުރަށް ބުނީ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދިނުމުގައި، ތަހުގީގުތަކަށް ހާޒިރުކުރާ ފަރާތްތަކާއި އެފަދަ ފަރާތްތައް ހާޒިރުކުރާ ދުވަސްތަކުގެ މައުލޫމާތަކީ، އާންމު އުސޫލުން ކޮމިޝަނުން ދެމުންދާ މައުލޫމާތެއް ނޫން ކަމަށެވެ. އަދި ޑރ. މުއިއްޒު ކޮމިޝަނަށް ހާޒިރުކުރާކަން މީޑިއާއަށް ދީފައިވަނީ ކޮމިޝަނުން ނޫންކަން ފާހަގަކޮށް ބުނެފައި ވަނީ އެހެން ފަރާތަކުން އެކަން މީޑިއާއަށް ހިއްސާކޮށް، ކޮމިޝަނުގެ ތަހުގީގަށް ހާޒިރުކުރާ ކުރުމަކީ ސިޔާސީ ވަކި ވިސްނުމެއްގައި ކުރާކަމެއްކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

"23 މާޗު 2021 ގައި ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ދިމާކޮށް ނުފޫޒު ފޯރުވަންކަމަށް ވާހަކަ ދެކެވޭއިރު، ކޮމިޝަނުން ބަލަމުންދާ  މައްސަލައަކާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު އިޢުލާނުކުރިފަހުންވެސް މީގެކުރިން ޑރ. މުހައްމަދު މުއިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވާނެއެވެ. ނަމަވެސް، އޭރުގައިވެސް ކޮމިޝަނުގެ ފަރާތުން އެކަން މީޑިއާއަށް ހިއްސާކޮށްފައެއް ނުވާނެއެވެ،"

އޭސީސީން ބުނެފައި ޑރ. މުއިއްޒު ކޮމިޝަނަށް ހާޒިރުކުރުމަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކޮމިޝަނުން ކުރާ ކަމެއްކަމާއި، އެއީ ވަކި ފަރާތަކުން އަންގައިގެން ކޮމިޝަނުން ކުރާ ކަމެއްކަމަށް ދެކެވޭ ވާހަކަތަކަކީ، ހަގީގަތާ ހިލާފަށް އަދި ކޮމިޝަނާމެދު އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެއްދުމަށް ދެކެވޭ ވާހަކަތަކެއް ކަމަށެވެ. 

އޭގެ އިތުރުން، ކޮމިޝަނުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ކޮމިޝަނުގެ މެމްބަރުންނަށް ފުރައްސާރަކަރަމުންދާކަން ފާހަގަކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އިއްޔެ ހެނދުނު މުއިއްޒު، އޭސީސީއަށް ހާޒިރުކުރިއިރު އެކަމާއި ގުޅިގެން މުއިއްޒު ވިދާޅުވެފައި ވަނީ އޭސީސީއަށް ހާޒިރުކުރީ ސަރުކާރުން އަންގައިގެން، އޭނާގެ ކެމްޕެއިނަށް ސަރުކާރުން ހުރަސްއެޅުމުގެ ގޮތުން، އަސްލެއްނެތް ދޮގު ވާހަކަތައް ފެތުރުމަށާއި އޭނާގެ އަބުރު ކަތިލުމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް