ads
ސިވިލް ކޯޓުގެ ކުރީގެ ގާޒީ ހަލީމް ---
ކުރީގެ ގާޒީ ހަލީމްއަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކޮށްފި!
ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް މަނީ ލޯންޑަރިންނަށް މަގުފަހިވާ ގޮތަށް ކަންކުރާ ކަމަށް ބުނެ، ހަލީމާއެކު ވެފައިވަ އެއްބަސްވުން އުވާލުމަށް އާންމުންގެ މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ހަގީގަތާ ހިލާފު ކަމެއް ކަމަށް ހަލީމު ވިދާޅުވެއްޖެ އެވެ.

ހަލީމަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވަމުން ހަލީމް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަ އެއް ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ އެއްބަސްވުމަކީ ހަލީމަށް ހަތް އަހަރަށް ކުއްޔަށް ދީފައިވާ އެޕާޓްމަންޓުތަކަކާއި ގުޅިގެން ހަދާފައިވާ އެއްބަސްވުމެވެ. މި އެއްބަސް ވުމާއި ގުޅިގެން އެގޭގެ ވެރިފަރާތުން ވަނީ މަނީ ލޯންޑަރިންނަށް މަގުފަހިވާ ގޮތަށް ކަންކުރާ ކަމަށް ބުނެ، ހަލީމާއެކު ވެފައިވަ އެއްބަސްވުން އުވާލުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

މި ތުހުމަތު ތަކާއި ގުޅިގެން ހަލީމް ވަނީ ގޭގެ ވެރިފަރާތް އަދި ގޭގެ ވެރިފަރާތުގެ ދަރިފުޅު އިބްރާހީމް ހުނައިނާވެސް އެއްވެސް އެއްބަސްވުމެއް ނެތް ކަމަށް ބުނެފައެވެ. އަދި އެ އެޕާޓްމަންޓު ހިފައިގެން ހުރީ ގާތްގަނޑަކަށް އެއް އަހަރު ކަމަށާއި، 2018 ވަނަ އަހަރު ހަލީމް އާންމު ކުރި އޭނާގެ މާލީބަޔާނުން އެކަން ފެންނާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ މި މައްސަލަސިވިލްކޯޓަށް ހުށަހަޅާފައި މިވަނީ މައްސަލައިގެ ވާގިޔާ ލޯޔަރުންނަށް އޮޅުވާލައިގެން ކަމަށް ބެލެވޭކަމަށެވެ. އަދި ހުށެހެޅި މައްސަލައަކީ ހުށަހެޅުމުގައިވެސް ބާތިލު ދައުވާއެއް ކަމަށާއި، މި މައްސަލައިގައި ބުނާ އެއްބަސްވުމަކީ ވުޖޫދުގައި ނެތް މައްސަލައެއް ކަމަށް ހަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ގޭގެ ވެރިފަރާތުން ވަނީ މި މައްސަލައިގައި ހިމެނޭ ދެ އެޕާޓްމަންޓު 2019ގައި ލޯންގް ޓާމް ލީސެއްގެ ދަށުން ދެ ޕާޓީއަކަށް ކުށްޔަށް ދީފައިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި އެތަނުން އެއް ޕާޓީން ވަނީ ގޭގެ ވެރިފަރާތުގެ މައްޗަށް މަކަރާއި ހީލަތް ހެދި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ކަމަށް ހަލީމް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް