ޕީޕީއެމްގެ ނައިބް ރައީސްގެ ގޮތުގައި ވެސް މަސައްކަތް ކުރާ، ޑރ. މުއިއްޒު، އޭސީސީއަށް ހާޒިރުކުރަން ހަމަޖެހިފައި ވަނީ މިއަދު 16:00 ގަ އެވެ.
މިިދިޔަ އަންގާރަ ދުވަހު ވެސް، މުއިއްޒު ވަނީ އޭސީސީއަށް ހާޒިރުކޮށްފަ އެވެ. އެ ދުވަހު މުއިއްޒު ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރު ކުރަނީ ސަރުކާރުން އަންގައިގެން، އޭނާގެ ކެމްޕެއިނަށް ސަރުކާރުން ހުރަސްއެޅުމުގެ ގޮތުން، އަސްލެއްނެތް ދޮގު ވާހަކަތައް ފެތުރުމަށް އަދި އޭނާގެ އަބުރު ކަތިލުމަށް ކަމަށެވެ.
އަދި އިންތިހާބަށް މިހާ ގާތްވެފައިވަނިކޮށް އެގޮތަށް ހާޒިރުކުރަމުންދަނީ ކައުންސިލް އިންތިހާބަށް ނުފޫޒުފޯރުވަން ކަމަށް ވިދާޅުވެފައި ވަނީ އޭސީސީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.