ads
ބޮޑު ބަންދާ ދިމާކޮށް މެކްސްކޮމްއިން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފެށުން-- ފޮޓޯ: މެކްސްކޮމް
ބޮޑު ބަންދާ ދިމާކޮށް މެކްސްކޮމްއިން ރަނުގެ ފުރުސަތެއް!
ރާއްޖޭގައި ކޮމްޕިއުޓަރާއި ފޯނުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މެކްސްކޮމް ޓެކްނޮލޮޖީން މިއަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރާއްޖޭގައި ކޮމްޕިއުޓަރާއި ފޯނުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މެކްސްކޮމް ޓެކްނޮލޮޖީން މިއަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

ކޮންމެ އަހަރަކު ވެސް މެކްސްކޮމްއިން ބޮޑު ޗުއްޓީއާ ދިމާކޮށް ހާއްސަ ޕްރޮމޯޝަންތައް ބާއްވަމުން އަންނައިރު މިއަހަރުގެ ޕްރޮމޯޝަނާ ގުޅިގެން އެތަނުގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު އާތިފް ވިދާޅުވީ، "ބޮޑު ޗުއްޓީ ޕްރޮމޯޝަން" ގައި އެތަނުން ވިއްކަމުން އަންނަ ކޮމްޕިއުޓަރާއި ފޯނާއި އަދި ލެޕްޓޮޕް ވެސް އާންމުކޮށް ވިއްކަމުން އަންނަ އަގަށް ވުރެ ހެޔޮވާނެ ކަމަށެވެ.

އާތިފް ވިދާޅުވީ އެތަނުން 9000 ރުފިޔާއަށް ވިއްކަމުން އަންނަ، އައި ތްރީ ޑެކްސްޓޮޕް ކޮމްޕިއުޓާ ސިސްޓަމެއް އެ ޕްރޮމޯޝަނުގައި ވިއްކަމުންދާނީ 7999 ރުފިޔާއަށް ކަމަށެވެ. އެ ސިސްޓަމަށް ތިން އަހަރުގެ ވޮރަންޓީއެއް ވެސް ދޭއިރު އެ ސިސްޓަމް ގަތުމުން ކުލަ ޕްރިންޓަރެއް 600 ރުފިޔާއަށް ގަންނަން ލިބޭނެ ކަމަށް އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަސްލު އެތަނުން ޕްރިންޓަރެއް ވިއްކަމުން އަންނަނީ 899 ރުފިޔާ އެވެ. މިހެންކަމުން މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ބޮޑު އުފާވެރިކަމެއްކަން ޔަގީނެވެ.

އަންނަ އަހަރު ސްކޫލު ހުޅުވެންދެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ނަސީބުވެރިން ހޮވާ އިނާމު ވެސް ދޭނެ އެވެ.

ބޮޑު ޗުއްޓީއާ ދިމާކޮށް ބާއްވާ މި ޕްރޮމޯޝަން، ސްކޫލު ކުދިންނަށް ހާއްސަވި ނަމަވެސް އެތަނުން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް އެ އަގުތަކުގައި ތަކެތި ގަންނަން ލިބޭނެ އެވެ.

"ޗުއްޓީއާ ދިމާކޮށް ބެލެނިވެރިން ވެސް ކުދިންނަށް ވަރަށް ލެޕްޓޮޕް ކަހަލަ ތަކެތި ގަނެދޭނެ. އެހެންވެ ޗުއްޓީއާ ދިމާކޮށް ހާއްސަ އަގުތަކެއްގަ ވިއްކަމުން މިދަނީ،" އާތިފް ވިދާޅުވި އެވެ.

ޑެލް ކޮމްޕިއުޓަރުތަކާއި ލެޕްޓޮޕް އަދި ވާވޭގެ ފޯނުތައް ވެސް ވިއްކަމުން އަންނަ މެކްސްކޮމްއިން އަންނަނީ އެ އުފެއްދުންތައް އެމްއެފްއެލްސީ ފަދަ ސްކީމުތައް މެދުވެރިކޮށް ވެސް ފޯރުކޮށްދެމުންނެވެ.

މެކްސްކޮމްގެ ޝޯރޫމްތައް ހިންގަމުން އަންނަނީ ސޯސަން މަގާއި ފަރީދީ މަގުގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް