
އޭގެ ތެރޭގައި ސްނީތާގެ އެންމެ ގާތް ރަހުމަތްތެރިންގެ ލިސްޓުގައި ހިމެނޭ މަޝްހޫރް ފިލްމީ ތަރި ރާނީ މުކަރްޖީއާއި، މަަޝްހޫރް ފިލްމް ޑިރެކްޓާ ފަރާ ހާން ވެސް ވަނީ އުފަންދުވަސް ފާހަގަ ކުރުމަށް އެ ގެޔަށް ގޮސްފައެެެވެ.
އަދި އަނިލް ކަޕޫރްގެ ބޭބެ ސަންޖޭ ކަޕޫރްއާއި އޭނަގެ އަންހެނުން މަހީޕް ކަޕޫރްވެސް ވަނީ މި ހަފްލާގައި ބައިވެރިވުމަށް އެ ގެޔަށް ގޮސްފައެވެ.
ކަރީނާ އަދި ފަރާ ސްނީތާގެ ގޭގައި
މީގެ އިތުރުންވެސް ގިނަ ތަރިންނާއި އާއިލީ މެންބަރުން އެ ގެޔަށް ގޮސްފައިވާއިރު ބޮލީވުޑް ހަބަރުތައް ބުނާ ގޮތުން ސުނީތާގެ އުފަންދުވަހުގެ ގިފްޓެއްގެ ގޮތުން އަނިލް ވަނީ މެރެކެޑޭޒް ބެންޒް ޖީއެލްއެސް ކާރެއް ހަދިޔާކޮށްފައެވެ.
އަނިލް ކަޕޫރް އާއި އޭނަގެ އަންހެނުންނަކީ ލޯބީގެ މިސާލެއް ފަދަ ދެ ކަޕްލްއެވެ. އުފަންދުވަހާއި ގުޅިގެން މަލުން ޖަރީކޮށްފައިވާ ކާރެއް އަންހެނުންނަށް ހަދިޔާކޮށްފައިވާއިރު އަނިލް ވަނީ އޭނަގެ އަންހެނުން ސްނީތާއަށް ތައުރީފްކޮށް އުފަންދުވަހުގެ ތަހްނިޔާއާއި އެކު ޓްވިޓާގައި ގިނަ ފޮޓޯތަކެއްވެސް ހިއްސާކޮށްފައެެވެ.
ސްނީތާ އަދި އަނިލް