ads
ވަރުން
ސަންކީ އިން ވަރުން ފެނިގެންދާނީ ނުކުޅެދޭ ފުލުހެއްގެ ރޯލުން
ވަރުން ވަނީ ޑައިރެކްޓަރު ސާޖިދު ނަޑިއާޑްވާލާ އެކު ގިނަ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. ދިޝޫމް އަދި ޖުޅުވާ 2 އަށް ފަހު ސާޖިދުގެ ކުރިއަށް އޮތް ފިލްމު ސަންކީ އިން ވެސް ވަރުން އަށް ވަނީ ލީޑް ރޯލް ހަމަޖައްސާފަ އެވެ.
Advertisement

ސަންކީގައި ވަރުންއާއިއެކު ބަތަލާއެއްގެ ރޯލު އަދާކުރާނީ ޕަރިނީތީ ޗޯޕްރާ އެވެ. ސަންކީ އަކީ ސައުތު އިންޑިއަން ފިލްމެއްގެ ރިމޭކެއް ކަމަށް ސާޖިދު ބުނެފައިވެއެވެ.

ބޮލީވުޑް ހަންގާމާއިން ރިޕޯޓް ކުރާ ގޮތުގައި ސާޖިދު ވަނީ ތަމިލް ފިލްމެއް ކަމުގައިވާ "ދުރުވަންގަލް ޕަތިނާރޫ"ގެ އޮފިޝަލް ރައިޓްސް ގަނެފައެވެ. އަދި ސާންކީ އަކީ އެ ފިލްމުގެ ރިމޭކެއް ކަމަށްވެސް ބޮލީވުޑް ހަންގާމާއިން ސާޖިދުގެ ގާތް މީހަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ވަރުން އެފިލްމުން ފެނިގެންދާނީ ވަރަށް ހިތްވަރުގަދަ ފުލުހެއްގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ފުލުހުންގެ މަތީ މަގާމެއް ފުރަމުން ދަނިކޮށް، މައްސަލައެއްގެ ތަހުގީގެއްގެ ތެރެއިން ދިމާވި ނުރައްކާތެރި ހާދިސާއެއްގައި އެއް ފައި ބުރިކުރަން ޖެހުމުގެ ސަބަބުން  އޭނަ އަކީ ނުކުޅޭދޭ މީހަކަށް ވެއެވެ. އެހެންނަމަވެސް ފުލުހެއްގެ ޒިންމާ އަދާކުރުމުގައި ވަރުން ދައްކާ ހިތްވަރު މި ފިލްމްގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމު ވެގެން ދާނީ ވަރުންއަށް ވަރަށް ތަފާތު ތަޖުރިބާ އަކަށެއެވެ. އެއީ މި ފިލްމު އަކީ ވަރުން ނުކުޅެދޭ ރޯލަކުން ފެންނަ ފުރަތަމަ ފިލްމް ކަމަށް ވާތީއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް