ads
ގަތަރު އެއާވޭސްގެ ފްލައިޓެއް---
ގަތަރު އެއާވޭސްއާ ގުޅިގެން ރާއްޖެ އިޝްތިހާރުކޮށްފި
ޖަރުމަންވިލާތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް އިން ގަތަރު އެއާވޭސްއާ ގުޅިގެން ވެބިނާއެއް ބާއްވައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ވެބިނާގައި ދިވެހިރާއްޖެ އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ޓްރަވަލް ޓްރޭޑާއި ވަނީ ހިއްސާކޮށްފައި ކަމަށާއި އޭގެ އިތުރުން ގަތަރު އެއާވޭސް އިން ރާއްޖެ އާއި ޖަރުމަންވިލާތާއި، ސްވިޒަލެންޑް އަދި އޮސްޓްރިއާ މެދު އަލުން ފެށުމަށް ހަމަޖެހިފައިވާ ފްލައިޓް ކަނެކްޝަންތަކުގެ މަޢުލޫމާތު ވެސް ހިއްސާކުރެވިފައިވާ ކަމަށެވެ. 

407 ޓްރަވަލް އެޖެންޓުން ބައިވެރިވެފައިވާ މިވެބިނާގައި ރާއްޖޭގެ ފަތުރުވެރިކަމާއިބެހޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ދީފައިވާއިރު ޓްރެވެލް ޓްރޭޑްގެ ފަރާތްތަކަށް ވަނީ ދިވެހި ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމާއި ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރިއެއް ގައުމުގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާ ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލާފަ އެވެ. މީގެ އިތުރުން މިދަނޑިވަޅުގައި ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާންވީ ކަންތައްތަކުގެ މައުލޫމާތުވެސް ވަނީ ބައިވެރިންނަށް ހިއްސާކޮށްފަ އެވެ. 

އެމްއެމްޕީއާރުސީން ބުނީ އެ ވެބިނާގައި ގަތަރު އެއާވޭސް އިން ދިން ޕްރެސެންޓޭޝަނުގައި އެއާލައިންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި ވެބިނާގެ ބައިވެރިންގެ މެދުގައި ކުރިއަށް ގެންދެވުނު ގުރުއަތުން ހޮވުނު ފަރާތަށް ބަޔޯނީ ރިސޯޓް މޯލްޑިވްސް އިން 5 ދުވަހުގެ ޗުއްޓީއެއް ހަދިޔާކޮށްފައިވާ އިރު، އެރިސޯޓުން ވަނީ ރިސޯޓާއި ބެހޭ މައުލޫމާތާއި ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ހިއްސާކޮށްފައި ކަމަށެވެ. 

އެގޮތުން ބަލްޔޯނީ ރިސޯޓް މޯލްޑިވްސް އިން 2020 ގެ ވޯރލްޑް ލަގްޝަރީ ހޮޓެލް އެވޯޑްސްގެ ލަގްޝަރީ އޯޝަން ވިއު ރިސޯޓްގެ ޝަރަފް ހާސިލްކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. 

އެހަރަކާތް ނިންމާލަމުން ކުރިއަށް ގެންދެވުނު ސުވާލާއި ޖަވާބު ސެޝަނުގައި ޕީ.ސީ.އާރް ޓެސް ހެދުމާއި، ރާއްޖެއަށް އެތެރެވުމުގައި ބަލާ މިންގަނޑުތަކާއި ގުޅޭ ގޮތުން ކުރެވުނު ސުވާލުތަކުން، ބައިވެރިންގެ މެދުގައި ރާއްޖެއަށް ދަތުރު ކުރުމަށް ޝައުގުވެރިކަން އުފެދިފައިވާކަން ފާހަގަވެގެންދިޔަ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. 

މިދިޔަ ޖެނުއަރީ މަހުގައި ޖަރުމަންވިލާތުން 3,390 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސްވިޒަލެންޑް އިން 1,958 އަދި އޮސްޓްރިއާ އިން 1,177 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރި އެވެ. ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ދަތުރު ފަތުރަށް ބުރުއަރާފައިވާތީ، މިއީ ފާއިތުވި ދިޔަ އަހަރުތަކާއި ބަލާއިރު މަދު އަދަދެއްކަމަށް ވިޔަސް، މި 3 ޤައުމަކީ މުހިންމު ތިން މާކެޓެވެ. މިހެންވެ އެ ތިން މާކެޓަށް އަމާޒުކޮށް ތަފާތު ހަރަކާތައް ވިޒިޓް މޯލްޑިވްސް އިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް