ads
ޝެއިހް އަލީ ޒައިދު--
ވެންޓިލޭޓަރު މައްސަލާގައި ބޮޑު ގެއްލުމެއްވީއިރު ޖަރީމާ ހިންގި މީހަކު ނެތީ؟: ޒައިދު
ވެންޓިލޭޓަރު މައްސަލާގައި ދައުލަތަށް ބޮޑު ގެއްލުމެއްވީއިރު އެ ޖަރީމާ ހިންގި މީހަކު މިހާރު ނެތީތޯ މަޝްހޫރު ދީނީ އިލްމްވެރިޔާ އަލީ ޒައިދު ސުވާލު އުފައްދައިފި އެވެ.

ޝެއިހް ޒައިދު މިހެން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، އެކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީން ނިންމި ނިންމުން މުރާޖާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހެޅި ހުށަހެޅުން އެ މައްސަލަ މުރާޖާ ކުރާނެ އެކަށީގެންވާ ސަބަބެއް ނެތްކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަނބުރާ ފޮނުވާލާފައި ވާތީ އެވެ.  

ޝެއިހް ޒައިދު ވަނީ އެ މައްސަލާގައި ޕީޖީ ވެސް ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ކަމަށް ދެކޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުށްވެރިން ހިފާ ދާގަނޑު ޖޫރިމަނާކޮށް އޭގެ ގޮޅިތައް ކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން މައްސަލަ ޕީޖީއަށް ފޮނުވި އެވެ. އެ މައްސަލަ ޕީޖީއަށް ފޮނުވުމުން ޕީޖީން ވަނީ އެކަމުގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރަން ނިންމާފައެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން އެނގުނީ ހެލްތު މިނިސްޓްރީގެ އޮޑިޓުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް