ads
ކަށިކެޔޮ ބަތް
ރިނބިދޫއަށް ހާއްސަ ކަށިކެޔޮ ބަތް ތައްޔާރުކުރާ ގޮތް މިއޮތީ!
ރާއްޖޭގެ އެކި ރަށްރަށަކީ ތަފާތު ކެއުންތަކަށް ހާއްސަ ރަށްރަށެވެ. މިގޮތަށް ހދ. ކުޅުދުއްފުށި، ހާލު ފޮޅިއަށް ހާއްސަވާއިރު ލ. އަތޮޅުގެ ގޮޅަ ރިހައަކީ އެ އަތޮޅަށް އެކަނި ހާއްސަ އެއްޗެކެވެ. މިގޮތަށް އެކި ރަށްރަށުގައި އެމީހުންގެ ހާއްސަ ކެއުންތައް ތައްޔާރުކުރަމުން އަންނައިރު ދުވަހަކު ކަންފަތުގައި އަޑު ނުޖެހޭ ނަން ނަމުގެ ކެއުންތައް ވެސް އެކި ކަންކޮޅުތަކުގައި އަންނަނީ ތައްޔާރުކުރަމުންނެވެ.

މިފަހަރު މި ބަލާލަނީ އެގޮތަށް ސޯޝަލް މީޑިއާއިން އަޅުގަނޑުގެ ލޮލުގައި އަޅައިގަތް ކެއުމަކަށެވެ. އެއީ ދ. ރިނބިދޫއަށް ހާއްސަ ކަށިހެޔޮ ބަތެވެ. މި ބަތުގެ މީރުކަމުން، އެ ކެއުމަށް ފަހު، އެ ތައްޔާރުކުރާ ގޮތް ހޯދަން އެރަށުގެ މީހުންނަށް ވެސް ގުޅާއި ކަމަށް ވެ އެވެ. 

މިހެންކަމުން، މި ބަތާއި ގުޅޭ އިތުރު މައުލޫމާތު އަޅުގަނޑާ ހިއްސާކުރީ އުމުރުން 60 އަހަރުގެ ޒަރީނާ އިބްރާހިމް އެވެ. އޭނާ ކިޔައިދިން ގޮތުގައި މިއީ އެމީހުން ކުޑައިރުން ފެށިގެން ވެސް ކަމުން އަންނަ އެއްޗެކެވެ.

ޒަރީނާ ބުނީ އޭނާއަށް ވެސް އެ ބަތް ކައްކަން ދަސްވީ ކުޑައިރުގައި އޭނާ ބަލާއި ބޮޑުކުރި މީހުންގެ ފަރާތުން ކަމަށެވެ. އެގޮތުން އެބަތް ކައްކާ އިރުގައި އާންމުކޮށް ބޭނުން ކުރަނީ ދޮންވަސް ނުދުވާ ވަރުގެ ރަތް ކަށިކެޔޮކަން ފާހަގަކޮށް ޒަރީނާ ބުނީ ޅަ ކަށިކެޔޮލުން ވެސް ބައެއް މީހުން ކައްކާ ކަމަށެވެ.

އެ މީހަކު ބޭނުންވާ ވައްތަރެއްގެ ކަށިކެޔޮ ނެގުމަށްފަހު ފުރަތަމަ ކެޔޮ ރީތިކޮށް ދޮވެލުމަށް ފަހު ބޭރު ރީތިކޮށް މަށާލާނީ އެވެ. އެއަށް ފަހު ވަޅިއަކުން ކެޔޮގެ ވަށައިގެން ލިޔަލާނީ ކަމަށް ޒަރީނާ ބުނެ އެވެ.

your imageކަށިކެޔޮ ބަތް

ދެން ތެއްޔެއްގައި ފެން ކެއްކުމަށް ފަހު އެ ކަށިކެޔޮތައް އަޅާނީ އެވެ. އަދި ފެން އެތި ކެކިގަތުމުގެ ކުރިން ކަށި ކެޔޮ ލިޔެ ނިންމާލަން ޖެހޭނެ ކަން ފާހަގަކޮށް ޒަރީނާ ބުނީ ފެން އެތި ކެކުމާއެކު ކަށިކެޔޮ އެތި ފެންގަނޑުގެ ތެރެއަށް އަޅާލާނީ ކަމަށެވެ. އެއަށް ފަހުގައި ބަތަށް ލޮނުލާ ވަރަށް ލޮނުކޮޅެއް ތެލީ ތެރެއަށް އަޅާ ލުމަށް ފަހު ކަށިކެޔޮތަށް މަޑުވަން ދެން މައްޗެއް ޖަހާފައި ބަހައްޓާނީ އެވެ.

ކަށިކެޔޮތައް މަޑުވާއިރަށް ހަނޑޫދޮވެ ނިންމަންވާނެ ކަމަށް ވެސް ބުނެ އެެވެ. ހަނޑޫ ބަހައްޓަށް ޖެހޭނީ ފެން ލުހެލާ އެއްޗެއްގެ ތެރޭގައި ހުރިހާ ފެންތަކެއް ފައިބަންދެން ބަހައްޓާފަ އެވެ. 

ކަށިކެޔޮ އެތި މަޑުވުމާއިއެކު ހަނޑޫއެތި އޭގެތެރެއަށް އޮއްސާލާށެެވެ. އަދި ފެން ހެޔޮވަރު ކުރުމަށްފަހު ދޭފަތުން ހަޑުލާއި ކަށިކެޔޮތައް އެއްކޮށްލާނީ އެވެ. 

އަދި އެއަށް ފަހުގައި އެމީހަކު ބޭނުންނަމަ ހުނި ނުވަތަ ކިރުވެސް އެޅިދާނެ ކަމަށާއި ހުނި އަޅާނަމަ އަޅާނީ ވަރަށް ހިމުން ހިމުންކޮށް ގޭނުމަށް ފަހު އެވެ. ކާށީގެ ހޮޑެލިބައި ގާނާއިރު ނުލާނެ ކަމަށް ވެސް ބުންޏެވެ.

އެބަތް އެއްޗަށް ހުނި ނުވަތަ ކިރު އެޅުމަށް ފަހު ހުރިހާ އެއްޗެށް ހަލާ އެއްކޮށްލަން ވާނެ އެވެ. އަދި ބަތް އެތި ހިނދެން ކައިރިވުމުން ތެލީގެ ކައިރި ފަށުގައި ދޭފަތުން ކާތާލާ، ރީތިކޮށް ބަތް އެތި އެއްކޮށްލާނީ ކަމަށް ވެސް އޭނާ ބުންޏެވެ. 

އަދި އެހެން ކައްކައިފިނަމަ ބަތް އެތި ހުންނާނީ ވަރަށް ރީތިކޮށްކަމަށާއި ބަތް ފުއްތައް ހުންނާނީ އެއްފުށް އަނެއްފުށާއި ވަކިވެފައި ކަމަށް ވެސް ޒަރީނާ ބުންޏެވެ.

އެރަށުގައި ހަދާ ކަށިކެޔޮބަތް ވަރަށް މީރުވާނެ ކަމަށާއި އެބަތް އެންމެ މީރުވާނީ ދޮންވަސް ނުދުވާ ވަރުގެ ރަތް ކަށިކެޔޮ ބޭނުންކޮށްގެން ތައްޔާރުކުރުމުން ކަމަށް ވެސް ޒަރީނާ ބުނެ އެވެ.

your imageކަށިކެޔޮ ބަތް

އެބަތް އެރަށު މީހުން އާންމުކޮށް ކައި އުޅެނީ ގަރުދިޔަ ނުވަތަ ރިހާކުރާއި ލޮނުމިރުހާ، ލުނބޯ، ފިޔާ، ރޯ މިރުހާ އެއްކޮށްގެންނެވެ. 

އެރަށުގެ ވަރަށް ގިނަ ގެތަކުގައި ކަށިކެޔޮ ބަތް ކައްކާ ކަމަށާއި އެއީ ވަކި ހާއްސަ ދުވަހަކަށް ކައްކާ އެޗެއްނޫން ކަމަށް ވެސް ބުންޏެވެ.

ޒަރީނާ ބުނީ އަތޮޅުގެ އެހެން ރަށެއްގައި ކަށިކެޔޮ ބަތް ކައްކާކަން އޭނާއަށް އެނގިފައި ނުވާ ކަމަށެވެ. އެކަމަކު ރަށަށް ޒިޔާރާތްކުރާ މީހުން ވެސް އެ ބަތް ކެއުމަށް ފަހު މީރުވެގެން އެ ވާހަކަ ދައްކާ ކަމަށް ބުންޏެވެ. 

94%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް