ads
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް-
އެޕްރީލް 10އަކަށް 18އަހަރު ފުރޭނަމަ ވޯޓު ލެވޭނެ: ޝަރީފް
އަންނަ އެޕްރީލް މަހުގެ 10ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ތާރީހަށް 18 އަހަރު ފުރޭ ކޮންމެ މީހަކަށްވެސް ވޯޓުލެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ވޯޓުދިނުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު އެތައް ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެގެން ބާއްވާ އެއްވެސް އިންތިހާބެއް ދުސްތޫރީގޮތުން ސައްހަ ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ. 

ލޯކަލް ކައުންސިލް އިންތިހާބު 1 އަހަރުގެ މުއްދަތަށް ލަސްކުރުމަށް ފާސްކުރެވުނު ސަންސެޓު ގާނޫނުން އިންތިހާބު ފަސްކުރެވުނު މުއްދަތުގެ ތެރޭގައި އުމުރުން 18 އަހަރު ފުރޭ ރައްޔިތުންނަށް ގާނޫނޫ އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ހައްގު ނިގުޅައިގަނެފައިވާކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައި އަބްދުﷲ ދީދީ ވިދާޅުވީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނާ، ވޯޓުދިނުމާއި އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު އެތައް ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެގެން ބާއްވާ އެއްވެސް އިންތިހާބެއް ދުސްތޫރީގޮތުން ސައްހަ ނުވާނެ ކަމަށެވެ. 

އެކަމާއި ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަަކަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ، އިންތިހާބު ބާއްވާ ތާރީހް ކަމުގައިވާ 10 އެޕްރީލް އަށް 18 އަހަރު ފުރޭ ކޮންމެ މީހަކަށްވެސް ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ލެވޭނެ ކަމަށެވެ. އަދި އެކަން އީސީން ކަށަވަރުކޮށްދޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

ސަންސެޓް ގާނޫނަކީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އާ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ޖޫންމަހުގެ ދެވަނަ ދުވަހުގެ ދަންވަރު ޖަލްސާއެއް ބާއްވާ ގައިޑްލައިންތަކާއި މުޅިން ހިލާފަށް މަޖިލީހުގެ ތަޅުމުގައި އެއްވެސް ގައިދުރުކަމެއް ނެތި ހަމަނުޖެހުން ހިނގައި، ބައެއް މެމްބަރުންނަށް އެކިވަރުގެ އަނިޔާތައް ވެސް ލިބިގެން ފާސްކުރެވުނު ގާނޫނަކަށް ވާއިރު އަނެއް އަހަރު ފެށުނުއިރު ވަނީ އެ ގާނޫނު ކަމު ނުގޮސްގެން އަނެއްކާ އިސްލާހު ކޮށްފައެވެ. 

އެޔަށްފަހު މިހާރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައިވަނީ މިއަންނަ އެޕްރީލް މަހުގެ 10ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް