ހަބަރު /
އުތުރުގެ މޫސުން ގޯސް، ދެކުނުގެ ކަނޑުތައް މަޑު: މެޓް އޮފީސް
30 އޮކްޓޯބަރ 2019 - 08:52:52
ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ މޫސުން ގޯސްވެފައިވާތީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ޔެލޯ އެލަރޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރަމުންދާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ކ. އަތޮޅާއި ދެމެދު ހިމެނޭ ރަށްތަކަށެވެ.
އެލާޓް ނެރެފައިވަނީ މިއަދު ހެދުނު 8:00 އިން މެންދުރު 12:00ގެ ނިޔަލަށެވެ.
ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި އެހެން ހިސާބުތަކުގެ ކަނޑުުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށްވާތީ މޫސުމަށް ސަމާލުކަން ދިނުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް