ads
ޝްރައްދާ ކަޕޫރު
ކުދިންތަކެއް ޝްރައްދާ ގަޔަށް ފެންއަޅާފައިވާ ފުއްޕާހަމެއް ޖަހަން އުޅެފި
ހިންދޫން ފާހަގަކުރާ ހޯލީގެ ފޯރި އިންޑިއާގައި މިވަނީ ފެށިފަ އެވެ. މިކަމުގައި އުޅުން ކުދިންތަކެއް މިވަނީ މިއަދު ޝްރައްދާ ކަޕޫރު ބިރުގަންނުވާލާފަ އެވެ.

ހުދު ކުލައިގެ ގަމީހެއް ލައިގެން ހުރި ޝްރައްދާ ފެންނަނީ ގަދަ ނޫ ޖިންސެއްގައި ބެގީކޮށްގެން ވަރަށް ރީތިވެގެން ހުރި މަންޒަރެވެ. އެގޮތުން ފެރީއަކަށް އަރަން ދިޔައިރު އެ ސަރަަހައްދުގައި ކުދިންތަކެއް ކުޅެން ތިބޭ މަންޒަރު ފެެނެ އެވެ. އަދި "ހެޕީ ހޯލީ" އޭ ކިޔާ ގޮވާ އަޑު ވެސް އިވެ އެވެ.

އެއާއެކު ޝަރައްދާ ވެސް ވަނީ އެ ކުދިންނަށް ތަހުނިޔާ ފޮނުވާފަ އެވެ. 

އެ ސަކަރާތުގެ ތެރެއިން ކުދިންތައް ވަނީ ޝްރައްދާ ބިރުގަންނުވާލާފަ އެވެ. އެގޮތުން ފެން އަޅާފައިވާ ފުއްޕާހަންތަކެއް އޭނާގެ ގަޔަށް ޖަހަން އުޅުނެވެ. 

އެކަމަކު ފަޔަށް ބާރުލާފައި ޝްރައްދާ އަވަހަށް ދާން އުޅޭ މަންޒަރު ފެނިގެންދެ އެވެ. އަދި ފެން ނުޖެހުމަށް އެދޭ މަންޒަރު ވެސް އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ.

މިފަހުން ރާއްޖައި ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ ގައުމަށް ދިޔަ ޝްްރައްދާ މިހާރު މިވަނީ އަނބުރާ މަަސައްކަތަށް ނިކުމެފަ އެވެ. އޭނާ މިވަގުތު އަންނަނީ ދެ ތިން ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް