ads
ނަރުދޫން ނަގާފައިވާ ފްލާސްޓިކް--
ހަތަރު ގަޑިއިރު ތެރޭގައި ނަރުދޫން 2883 ކިލޯގެ ޕްލާސްޓިކް ނަގައިފި
ށ. ނަރުދޫ ފެނަކަ ބްރާންޗުން އިސްނަގައިގެން އެރަށް ސާފު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން 2883 ކިލޯގެ ޕްލާސްޓިކް ނަގައިފި އެވެ.
ށ. ނަރުދޫ ފެނަކަ ބްރާންޗުން އިސްނަގައިގެން އެރަށް ސާފު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން 2883 ކިލޯގެ ޕްލާސްޓިކް ނަގައިފި އެވެ.

ނަރުދޫ ފެނަކަ ބްރާންޗުން ވަނީ އެއް މަސް ދުވަހުގެ ތެރޭގައި ތަފާތު ޕްރޮގްރާމުތައް އެރަށުގައި ކުރިއަށް ގެންދަން ނިންމާފަ އެވެ. އެގޮތުން މުބާރާތެއްގެ ގޮތަށް ޕްރޮގްރާމު ފެށުމުގެ ގޮތުން ބާއްވާފައި މިވަނީ މުޅި ރަށް ސާފުކުރުމުގެ ހަރަކާތެކެވެ.

އެރަށު ފެނަކަ ބްރާންޗު ހިންގުމާ ހަވާލުވެ ހުންނެވި އަލީ ރަމްޒީ ސީއެެންއެމްއަށް ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި 17 ޓީމަކުން ޖުމްލަ 102 ބައިވެރިން ރަށް ސާފު ކުރުމަށް ނިކުތް ކަމަށެވެ. އެގޮތުން ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ހިމެނޭހެން ރަށް ސާފު ކުރުމަށް ނިކުތްއިރު އެ ހަރަކާތުގެ ދަށުން 2883 ކިލޯގެ ޕްލާސްޓިކް ރަށުން ހޮވާފައިވާ ކަމަށް ރަމްޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ޖުމްލަ 35191 ޕްލާސްޓިކެވެ. އެގޮތުން އޭގެ ތެރޭގައި އެންމެ ގިނައީ ފުޅިކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.


- ނަރުދޫ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން

އާބާދީގައި 600 އެއްހާ މީހުން އުޅެމުން އަންނަ ނަރުދޫގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އެ މަސައްކަތް ކައުންސިލުން ކުރަމުން އަންނައިރު މިއަދު ހިންގި ހަރަކާތުން އެނގިގެންދަނީ ރަށުގައި ޕްލާސްޓިކް ބޭނުން ކުރާ މިންވަރުކަން ވެސް ރަމްޒީ ވިދާޅުވި އެވެ.

"މިއީ ވަރަށް ބައިވަރު ޕްލާސްޓިކް. އެންމެ ގިނައީ ފެންބޯ ފުޅި. މިއަދު ހިންގި ހަރަކާތުގެ ތެރެއިން މިވަނީ މުޅި ރަށް އެއްކޮށް ސާފުވެފަ،"

މިއަދު ހެނދުނު 9:00 އިން މެންދުރު 1:30 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގެ ދަށުން އެ ހަތަރު ގަޑިއިރުގެ ތެރޭގައި ހޮވި ޕްލާސްޓިކް ނައްތާލުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ރަމްޒީ ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް