ads
ދަރިވަރުންތަކެއް އިމްތިހާނު ހަދަނީ-- ފޮޓޯ: އޭދަފުށި ޓައިމްސް
އެޗްއެސްސީ އިމްތިހާނު ބާއްވާ ތާރީހަށް ބަދަލު ގެނެސްފި
މިއަހަރުގެ މެއި/ ޖޫންގައި ބޭއްވުމަށް ތަވާލުކުރި އޭލެވެލް އިމްތިހާނުގެ ތާރީހު އަވަސްކުރުމާއެކު އެޗްއެސްސީ އިމްތިހާނު ބާއްވާ ތާރީހަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ހަދާ އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާނު ތަކުގެ ތާވަލަށް އެ އިމްތިހާނު ފޯރުކޮށްދޭ އެޑެކްސެލް އިން ވަނީ ބަދަލު ގެނެސްފައި ކަމަށާއި އެގޮތުން މިހާރު މި އިމްތިހާނު ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް 26 ގައި ކަމަށެވެ. 

އެ ބަދަލު ގެނެވިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އާއި މަޝްވަރާ ކުރުމެއް ނެތި ކަމަށާއި އަދި އެތާރީހު ބަދަލުކުރަން އެޑެކްސެލްއާ އެކު ކުރެވުނު މަޝްވަރާތަކުން އަލިމަގެއް ފެނިފައިނުވާ ކަމަށެވެ. 

އެހެންވެ މިނިސްޓްރީން ވަނީ އެޗް.އެސް.ސީ އިމްތިހާނު ބާއްވާ ތާރީހަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން ދެން އިމްތިހާނު އޮންނާނީ އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާނު ނިމުމަށްފަހު އެއްމަސް ފަހުން، 13 ޖޫން އިން 17 ޖޫންގެ ނިޔަލަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް