މަރައިލި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.
މިޔަންމާގެ އިދިކޮޅު ޕާޓީތަކުން ވަނީ މިކަމާއި ހިތާމަ ފާޅުކޮށްފައެވެ.
މުޒާހަރާކުރާ މީހުން ބުނަނީ ބަޑިޖަހައިގެން ގިނަ އަދަދެއްގެ މީހުން އެގައުމުގެ ސިފައިން މަރަމުން ދިޔަ ނަމަވެސް، މުޒާހަރާ ނުހުއްޓާނެކަމަށް ބުނެފައެވެ.
މިޔަންމާގައި ކުރިއަށް ދާ ހަމަނުޖެހުންތައް ތަހުގީގު ކުރަން އދ ގެ ޓީމެއް ވެސް ވަނީ އެ ގައުމަށް ގޮސްފައެވެ.
އެ ޓީމުން ބުނެފައިވަނީ މިޔަންމާގައި ބޮޑެތި ގަތުލްއާމުތަކެއް ހިންގަމުން އަންނަކަމަށެވެ.