ads
ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ޕީއެސްއެމް
ފަޅުތެރެ ބެލެހެއްޓުމުގައި މިހާރު އިންތިޒާމެއް ނެތް: ޑރ. މުއިއްޒު
މާލޭ ސިޓީގެ ފަޅުތެރެ ބެލެހެއްޓުމާއި މެނޭޖްކުރުން މިހާރު ވަރަށް ބޮޑަށް ދޫކޮށްލެވިފައިވާ ކަމަށާއި އެކަމަށް ރަނގަޅު އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް މާލޭ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަލޭ ސިޓީގެ ފަޅުތަކާއި ބަނދަރުތަކަށް ދިމާވާ މައްސަލަތަކަށް ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ހިމެނޭ ސަރަހައްދުގެ ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން މާލޭގެ ފަޅުތެރެ ބެލެހެއްޓުމާއި މެނޭޖްކުރުން ވަރަށް ބޮޑަށް މިހާރުގެ ސިޓީ ކައުންސިލުން ދޫކޮށްލާފައިވާ ކަމަށެވެ. އެގޮތުން އެފަދަ ތަންތަން ދާއިމީކޮށް ރަނގަޅު ފެންވަރެއްގައި ބެލެހެއްޓޭ ތަން ނުފެންނަ ކަމަށާއި، ބައެއް ދުވަސްވަރުގައި ރަނގަޅު ވާތަން ފެނުނު ނަމަވެސް އެކަން ދާއިމީ ގޮތެއްގައި ނުފެންނަ ކަމަށް ވިދާޅުވިއެވެ. 

މީގެ އިތުރުން ޑރ. މުއިއްޒު ވަނީ، ދަތުރުވެރިން ދަތުރުތައް ކުރުމަށް މާލޭ ސިޓީގައި ބޭނުންކުރަމުންދާ ބަނދަރުތަކުގައި ހުރި މައްސަލަތަކަށް ހައްލު ގެނެވިދާނެކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ތިން ބަނދަރު އޮންނައިރު، އެކަށީގެންވާ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސިއްޖެނަމަ ހައްލުތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. 

" އަސްލު ހަގީގަތުގަ ހުޅުމާލެ ފަޅުތެރެއަކީވެސް ސިޓީ ކައުންސިލުން އެޗްޑީސީއާއި ގުޅިގެން ފުރުސަތުތައް ހޯދަންޖެހޭނެ ތަނެއް އިނގޭތޯ. ދެން ހަމަ އެއާއެކު މާލޭ ސިޓީގެ އިހްތިސާސް ތެރޭގައި ނެތަސް މާލެ ކައިރީގަ ހުރި ފަޅުތައް އެބަހުރި ދެން ސަރުކާރާއި ވާހަކަ ދެއްކިގެން ފުރުސަތުތައް ހޯދިދާނެ ކަންނޭނގެ. ކޮންމެހެން ފަޅުތެރޭގަ ހުންނަން ނުޖެހޭ އުޅަނދުތައް އެބަހުރި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ކުރިން އެމަނިކުފާނުގެ ވަޒީރުކަމުގެ ތެރެއިން އެގޮތަށް ހުންނަ އުޅަނދު ފަހަރުތައް ފުލުހުންނާއި ގުޅިގެން ތިލަފުއްޓަށް ބަދަލުކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން މަގުމަތީގައި ވެސް ބާދަގަނޑަށްވާން ދޫކޮށްލާފަ ހުންނަ އުޅަނދުތައް ނަގާ ނައްތާލުމާއި ބަނދަރާއި ފަޅުތެރޭ ހުންނަ އެފަދަ އުޅަނދުތައް ވެސް ނައްތާލަން ޖެހޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް